
ޑިޖިޓަލް އައިޑީކާޑުގެ ލުއި ފަސޭހަތައް!
ޑިޖިޓަލް އައިޑީކާޑުގެ ލުއި ފަސޭހަތައް!
ލިޔުން:
ރާއްޖޭގައި އަންނަ މާޗް މަހު ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފަށާނެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާނުކުރައްވައިފަ އެވެ.
ޑިޖިޓަލް އައިޑީކާޑާ ބެހޭ ތަފްސީލް ދެއްވަމުން އެންވާރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީ އަކީ ޒާތީ މައުލޫމާތު ހިމެނޭ ގޮތަށް އޮންލައިންކޮށް ވެރިފަރާތަކީ ކަާކުކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. ޕްލާސްޓިކް ކާޑެއްގެ ގޮތުގައި ވެސް ލިބޭ އެކާޑު އިތުރުން އެޕްލިކޭޝަނެއްގެ ގޮތުގައި ފޯނު ގައި ވެސް ގެންގުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކާޑު ކޮންޕިއުޓަރު ކުރިމައްޗަށް ދިއްކޮށްލުމުން ޕާސްވޯޑެއް އަދި އެސްއެމްއެސް ކޯޑެއް ޖެހުމެއްނެތި ލޮގިން ވެގެން އަޅުގަނޑުމެންނަކީ ކާކުކަން އެނގިގެންދާނެ" މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް އައިޑީއަކީ ހުރިހާ ހިދުމަތެއްވެސް އަވަސް ކަމާއިއެކު އެއް ނިޒާމެއްގެ ގޮތުން ބޭނުންކުރެވޭނެ ގޮތަށް ބައްޓަން ކުރެވިފައިވާ ކާޑެއް ކަމާއި އަދި މީގެ ސަބަބުން ޒާތީ މައުލޫމާތުތަށް ރަށްކާތެރިކޮށްދޭނެ ކަމަށެވެ.
ސްމާޓް ޑިވައިސް މެދުވެރިކޮށް ހަދާ މި ކާޑުގައި ފުރަތަމަ ފެންނަން ހުނަނާނީ އެމީހެއްގެ ފޭސް އައިޑީއާއި ނަމެވެ. ނަމަވެސް އިތުރު މައުލޫމާތު ބޭނުވާނަމަ ކާޑަށް ފިއްތާލުމުން ފެނިގެން ދާނެއެވެ. އަދި އޭގެ އިތުރުން މި ކާޑްގެ ތިރީގައި ސްކޭން ކުރެވޭ ގޮތަށް ކިއުއާރް ކޯޑެއްވެސް އިންނާނެއެވެ.
މި ކާޑު ބޭނުން ކޮށްފި ނަމަ، އެމީހެއްގެ އީފާސްގެ ވެބްސައިޓްއިން ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެއެވެ. އަދި އޮންލައިން މެދުވެރިވޮށްވެސް މި ކާޑްގެ ކިއުއާރް ކޯޑް ސްކޭން ކޮށްލުމުން އެމީހެއްގެ މައުލޫމާތު އަވަސް ކަމާއިއެކު ލިބިގެންދާނެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ އިން ވަނީ މީގެ 10 އަހަރު ކުރިން (2012) ގައި ޑިޖިޓަލް އައިޑީ އެއްގެ ގޮތުގައި" އީފާސް " ނަމަކަށް ކިޔާ އައިޑީއެއް ތައާރަފް ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
