
ދުވާފަރު ހިމެނޭހެން އިތުރު 3 ރަށެއްގައި ދަނާލު އަޅަނީ
ދުވާފަރު ހިމެނޭހެން އިތުރު 3 ރަށެއްގައި ދަނާލު އަޅަނީ
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދަނާލު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން ރ. ދުވާފަރު ހިމެނޭހެން އިތުރު 3 ސަރަޙައްދެއްގައި ދަނާލު ބިނާކުރުމަށް ނިންމައި އެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.
އެގޮތުން، މިޗމަޝްރޫއު އިފްތިތާހްކޮށްދެއްވީ، ރ. ދުވާފަރުގައި ދަނާލު އަޅަން ހަމަޖެއްސި ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.
ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައިވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލީގެ އިތުރުން ފުވައްމުލައް ސިޓީގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުވާފަރުގައި އިމާރާތްކުރާ ދަނާލުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ. އަދި ކޮންސެޕްޓް ރިވިޔު ކުރަމުންދާ ކަމަށާއި، ދަނާލަށް ބޭނުންވާ ބިން އެރަށުން ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ގައުމީ ޔުނިވަސިޓީގެ ދަނާލުތައް ހުރެއެވެ. އޭގެ ތެރޭގައި އައްޑޫ ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
