މާލެ: 31°C

ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފި

March 12, 2025
188 ފަހަރު ބަލާފައި
ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފި
ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފި އެވެ.

ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފި އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޒަމާނީ ވަޞީލަތްތަކާއެކު ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ފެނަކަ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއިދެމެދު ވެވުނު އެއްބަސްވުމުގައި މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާ ބެހޭ މިނިސްޓަރ ހައިދަރު އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް އެވެ.

މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ތަރައްގީ ކުރާ އެކަމަޑޭޝަން ޚިދުމަތްތައް ބިނާ ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ހަމަޖެހިފައިވާކަމަށާއި، އެތަން ތަރައްގީ ކުރަނީ ޝެއަރިންގ 31 ރޫމް އާއި، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާގޮތަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ