"ދުނިޔަވީ މަސައްކަތް ކުރަންވީ މަގުން އެއްކިބާ ނުވާ ގޮތަށް"

"ދުނިޔަވީ މަސައްކަތް ކުރަންވީ މަގުން އެއްކިބާ ނުވާ ގޮތަށް"
ލިޔުން:
ދުނިޔަވީ މަސައްކަތް ކުރިޔަސް، އެ މަސައްކަތަކީ މާތް ﷲ ރުއްސަވާ ގޮތަށް ކުރާ ކަމަކަށް ހެދުމަށް ހުކުރު ޚުތުބާގައި މިއަަދު ނަސޭހަތްދީފި އެވެ.
ދުނިޔަވީ ދިރިއުޅުމަކީ ވަގުތީ ކަމެއްކަން ހަނދާންކޮށްދީ، އާޚިރަތަށް ޓަކައި މަސައްކަތް ކުރަން ނަސޭހަތްތެރި ވެފައިވާ ހުތުބާގައި ބުނީ ދުނިޔަވީ މަސައްކަތަކީ ﷲގެ މަގުން އެއްކިބާކުރާ ކަމަކަށް ހަދައިގެން ނުވާނެ ކަަމަށާއި އެހެން ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަނީ ހިތާމަކުރަން ޖެހޭ ފަދަ ގޮތަކަށް ކަމަށެވެ. ބައެއް މީހުން ދުނިޔެއަށް ދަހިވެތިވެ، މުދަލައިގެން މަޝްޣޫލުވުމުގެ ސަބަބުން ނަމާދުކުރަން "ވަގުތު ނޯންނަ" ކަމަށް ވެސް ބުންޏެވެ.
"...އެބައިމީހުން ދުނިޔެއާއި މެދު ދަހިވެތިވެ، މުދަލައިގެން މަޝްޣޫލުވުމުގެ ސަބަބުން ނަމާދުކުރާކަށް ވަގުތެއް ނެތެވެ. މުދާ ހޯދުމުގައި ހަރާމެއް ހަލާލެއް ބެލުމެއް ނެތެވެ. މީހެއްގެ ހައްގަކަށް އަރައިގަތުމަކީ އެއްވެސް ކަމެއް ކަމުގައި އެފަދަ މީހުން ނުދެކެ އެވެ،" ހުުތުބާގައި ބުންޏެވެ.
އަމިއްލަ ލާބައާއި މަންފާއަށް ޓަކައި ކުރާ ކަންތަކުގައި އަނެކާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެފަދަ މީހުން އަޅައިނުލާ ކަމަށާއި ދުނިޔަވީ ކަންކަމުގައި އެމީހުން މައިންބަފައިންނާއި ގާތްތިމާގެ މީހުންނާ ގުޅުން ކަނޑައިލާ ކަމަށް ވެސް އެއާ ވިދިގެން ހުތުބާގައި ކި އެވެ.
"އެފަދައިން ކަންތައް ކުރަމުން ދާއިރު އެބައިމީހުން މަރުވާނެ ކަމާއި އެއަށް ފަހު މާތް ﷲގެ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާން ނެތެނީބާއެވެ؟" ހުތުބާގައި ވެ އެވެ.
ހުތުބާގައި ސިފަކުރި ގޮތުގައި ދުނިޔަވީ ކަންކަމުގައި މަޝްޣޫލުވެ އުޚުރަވީ ހަޔާތް ހަނދާން ނައްތައިލުމަކީ އުޚުރަވީ އަމިއްލަ ނަފުސުގެ މަތިން ހަނދާން ނައްތައިލުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
