ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫން، އިތުބާރުގެ މައްޗަށް ކަމުގައި ވިދާޅުވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ ”ވޯލްޑް ގަވަމަންޓްސް ސަމިޓް 2025“ ގެ ތެރެއިން ބޭއްވުނު މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށް ޙަރަކާތްތެރި ލީޑަރޝިޕެއްގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
މި ކޮންފަރެންސްގައި، މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް މަޑުކުރާނެ ކަމެއް ނޫންކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
އަދި ބޮޑެތި އިޤްތިޞާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވަޢުދުތަކަށް އިޙްތިރާމްކޮށް، އެޤައުމުތަކުގެ ޢަމަލުތައް އެއްގޮތް ކުރަން ޖެހޭކަންވެސް ފާހަގަކުރެއްވި އެވެ. އަދި ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީވެސް ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫން، އިތުބާރުގެ މައްޗަށް ކަމުގައި ވިދާޅުވި ނައިބު ރައީސް، ބޮޑެތި އިޤްތިޞާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވަޢުދުތަކަށް އިޙްތިރާމްކޮށް، އެޤައުމުތަކުގެ ޢަމަލުތައް އެއްގޮތް ކުރަން ޖެހޭކަންވެސް ފާހަގަކުރެއްވި އެވެ. އަދި ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީވެސް ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭކަން ފާހަގަކުރައްވައި، އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ނިންމުންތައް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ތަޤުރީރުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ހަމައެކަނި ވަޢުދުތަކެއް ވުމުގެ ބަދަލުގައި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައިވެ އެވެ.







