މާލެ: 31°C

ދުނިޔޭގެ ފެންވަރުގެ ބިލިއާޑް މުބާރާތެއް ރާއްޖޭގައި ފަށައިފި

ދުނިޔޭގެ ފެންވަރުގެ ބިލިއާޑް މުބާރާތެއް ރާއްޖޭގައި ފަށައިފި
April 23, 2023
2 ފަހަރު ބަލާފައި
ދުނިޔޭގެ ފެންވަރުގެ ބިލިއާޑް މުބާރާތެއް ރާއްޖޭގައި ފަށައިފި
ބައިނަލް އަގުވާމީ ބިލިއާޑް މުބާރާތެއް ރާއްޖޭގައި ފަށައިފިއެވެ. އިއްޔެ ފެށި މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތް އިފްތިތާހް ކޮށްދެއްވީ ފޮރިން މިނިސްޓަރު ޝާހިދުއެވެ.

ދުނިޔޭގެ 15 ގައުމެއްގެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ އެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ބައިނަލްއަގްވަމީ މުބާރާތްތައް ރާއްޖޭގައި  ބޭއްވުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްކަމަށެވެ.

"މިއަދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވޭ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި އިންތިޒާމް ކުރުމުގެ ވަސީލަތްތައް ހުރެ، އެ ކަންކަން އިންތިޒާމްކުރުމުގެ ގާބިލްކަން ހުރި ޒުވާނުންތަކެއް ރާއްޖޭގައި އުފެދި އައިސްފައިވާތީ." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

[embed]https://twitter.com/MoYSCEmv/status/1649804153819107328[/embed]

އިއްޔެގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ މާލޭގައި ގައުމީ ބިލިއާޑް ސެންޓަރު ތަރައްގީކުރެވުނު ދުވަހު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މުބާރާތް ބޭއްވޭނެ ދުވަހެއްކަމަށާއި، މިއަދު އެކަން ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއްކަމަށެވެ.

"މިތަން ހުޅުވުނުރޭ އަޅުގަނޑު ދެންނެވިން، ދެން އެންމެ ދެކެން ބޭނުންވަނީ މި ހޯލުގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެ ދުވަހެކޭ. އިރާދަކުރެއްވިއްޔާ މިއަދު އެކަންވެސް ކާމިޔާބުކުރެވިއްޖެ" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ރައީސް ސޯލިހުގެ ކުޅިވަރު ވައުދުތައް ފުރިހަމަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ