- ހުދު ސްޓޯބެރީ
ހުދު ޖަވާހިރު ގެ ނަމުން ނަންދީފައިވާ ހުދު ސްޓޯބެރީއަކީ ޖަޕާނުގައި މަގުބޫލު އަގުބޮޑު މޭވާއެކެވެ. މިއިން އެންމެ ސްޓޯބެރީއެއްގެ އަގު 10 ޑޮލަރަށް އަރާކަމަށްވެއެވެ.
2. ސެކާ-އިޗީ އާފަލު
މިއީ ދުނިޔޭގެ އެންމެ ބޮޑު އާފަލު ކަމުގައެވެއެވެ. ސެކާ އިޗީގެ މާނައަކީ އެއްވަނައެވެ. މިއިން އާފަލެއްގެ ވަށަމިނުގައި އެވްރެޖްކޮށް ގާތްގަނޑަކަށް 15 އިންޗި ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް ކިލޯއެއް ހުރެއެވެ. މި އާފަލުގެ އަގު އެންމެ އާފަލެއް 20 ޑޮލަރަށް އަރައެވެ.
3. ބުއްދާގެ ބައްޓަމަށް ހައްދާ ޕެއާސް
ޗައިނާގެ ދަނޑުވެރިއަކު ކަސްޓަމް މޯލްޑެއް ބޭނުންކޮށްގެން ބުއްދާގެ ބައްޓަން ގެނެސް ހެއްދި ޕެއާއަކީ ދުނިޔޭގެ ބާޒާރުގައި މަގުބޫލު، އަގުބޮޑު އެއްޗެކެވެ. މިއިން އެއްޗެއްގެ އަގަކީ ގާތްގަނޑަކަށް 8 ޑޮލަރެވެ.
4. ޔޫރާބީ ކިންގް މެލޮން
މިއީ ޖަޕާނުގެ ލަގްޒަރީ މޭވާތަކުގެ އެއްވަނައެވެ. ޔޫބާރީ ކިންގް މެލޮން ވިއްކަނީ ގާތްގަނޑަކަށް 200 ޑޮލަރަށެވެ. މި ފޮނި މޭވާއަކީ ހަމައެކަނި ޖަޕާނުގެ ހޮކައިޑޯ ޕްރޮވިންސްގެ ކުޑަ ރަށެއް ކަމަށްވާ ޔޫބާރީގައި ހައްދާ އެއްޗެކެވެ.
5. ހަތަރެސްކަން ކަރާ
ކުދި ޖާގަތަކާއި ފްރިޖްތަކަށް ފަސޭހައިން ލެވޭގޮތަށް ޖަޕާނުގައި ފަރުމާކޮށްފައިވާ "ސްކުއެއާ ވޯޓާ މެލޯން "ގެ އަގު ގާތްގަނޑަކަށް 100 ޑޮލަރަށް ހުރެއެވެ.
6. ޑެކޯޕޮން ސިޓްރަސް
މިއީ މެންޑަރިން ފާޑުގެ ބޮޑު އޮރެންޖް މޭވާއެކެވެ. މީގެ ހަމޭނާ އޮންނަ ޕެކެއްގެ އަގު ގާތްގަނޑަކަށް 80 ޑޮލަރަށް އަރައެވެ.
7. މިޔާޒާކީ މެންގޯ
މިޔާޒާކީ މެންގޯ ނުވަތަ ޓައިޔޯ ނޯ ޓަމަގޯ މެންގޯ އަކީ އާދަޔާ ހިލާފަށް ބޮޑު އަދި ރީތި ކުލައެއް ހުންނަ އަނބެކެވެ. މިއަނބުގެ ފޮނިކަމާއި މީރުކަމާއި ރީތިކަމުގެ ސަބަބުން މިއީ ވަރަށް މަތީ ދަރަޖައެެއްދީފައިވާ މޭވާއެކެެވ. މީގެ އަގު 50 ޑޮލަރުން ފެށުގެން 3،600 ޑޮލަރާ ދެމެދުގައި ހުންނަކަމަށްވެއެވެ.
8. ޑެންސުކޭ ވޯޓާމެލޮން
މިކަރައަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކަރާ ކަމަށް ބުނެވެއެވެ. މީގެ ކޮންމެ އެއްޗެއްގެ އަގު 250 ޑޮލަރުން ފެށޭ އިރު، މި ކަރާ މަޝްހޫރުވެފައިވަނީ އޮށެއް ނެތް އަދި ގަބޫލުކުރަން ދަތި ވަރުގެ ފޮނި އެއްޗެއްގެ ގޮތުގައެވެ.
9. ރޫބީ ރޯމަން ގްރޭޕްސް
މިވައްތަރުގެ މޭބިސްކަދުރަކީ، މަދުން އުފެދޭ ތަދު އެއްޗެކެވެ. މީގެ ކޯންޏެއްގެ އަގު 90 ޑޮލަރާއި 450 ޑޮލަރާ ދެމެދުގައި އުޅެ އިރު ކޮންމެ އަހަރަކު ވެސް އުފައްދަނީ މީގެ އެންމެ 24،000 މޭބިސްކަދުރެވެ.
10. " ލޮސްޓް ގާޑަންސް އޮފް ހެލިގަން" އަލަނާސި
އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ކޮރްނޯލްގެ ލޮސްޓް ގާޑަންސް އޮފް ހެލިގަންގައި ހައްދާ މި އަލަނާސީގެ ކޮންމެ އަލަނާސިއެއް ވިއްކަނީ ގާތްގަނޑަކަށް 15،000 ޑޮލަރަށެވެ.






