މާލެ: 31°C

ދުންފަތުގެ ވިޔަފާރިކުރުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން، އެމީހުން މުޒާހިރާތަކަށް އެހީވޭ: ރައީސް ޑރ މުއިއްޒު

April 2, 2025
227 ފަހަރު ބަލާފައި
ދުންފަތުގެ ވިޔަފާރިކުރުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން، އެމީހުން މުޒާހިރާތަކަށް އެހީވޭ: ރައީސް ޑރ މުއިއްޒު
ދުންފަތުގެ ވިޔަފާރިކުރުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށާއި، އެމީހުން މުޒާހިރާތަކަށް އެހީވަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުންފަތުގެ ވިޔަފާރިކުރުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށާއި، އެމީހުން މުޒާހިރާތަކަށް އެހީވަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 2 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސިޔާސީގޮތުން ދަތިތަށް ކުރިމަތިވާ ކަމަށާއި ނަމަވެސް އެކަންކަން އެހެން ހުރި ނަމަވެސް މުވައްސަސާތަށް ގުޅިގެން އެއްލެވެލް އެއްގައި ކުރަމުން އަންނަ މަސައްކަތުން މިހާރު އެކަށީގެންވާ ނަތީޖާ ނެރެވެމުންދާކަމަށެވެ.

ދުންފަތާ ގުޅުން ހުރި މައްސަލަ ތަކުގައި ސިޔާސީ ގިތުން ކަންކަން ކުރާކަން ބަޔާންކުރައްވައި ރައީސް ވިދާޅުވީ ސިގިރެޓް ވިއްކުމުގައި ހަރަކާތްތެރިވަނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށާއި، އެފަރާތްތަކުން އިދިކޮޅުން ކުރިއަށްގެންދާ މުޒާހިރާތަކަށް އެހީވަމުން ގެންދާ ކަމަށާއި، އެމީހުން ބޭނުންވަނީ މާނާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކަމަށެވެ.

ދެން ސިޔާސީވެސް ކުރޭ މިކަންތައް އިނގޭތޯ. ވަރަށް ބޮޑަށް ސިޔާސީކުރޭ. ދެން އަޅުގަނޑު ބަލައިލާއިރުގައި، ސިނގިރޭޓްވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ މީހުން އިނގޭތޯ. އެ މީހުން މި މުޒާހަރާތަކަށްވެސް އެބަ އެހީދޭ. އަޅުގަނޑަށް މަޢުލޫމާތު ލިބޭނެ ނޫންތޯ.
އެ މީހުން ބޭނުންވާނީ، ކީކޭ ދަންނަވާނީ، މިކަން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން. ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.

އެކަން ތަންފިޡުކުރުމަށް ރައީސް އޮފީހާއި ކަމާ ގުޅޭ މުވައްސަސާތަށް އެކުވެގެން ކުރައްވާ މަސައްކަތްތަށް ބަޔާންކުރައްވައި ރައީސް ވިދާޅުވީ ކަސްޓަމްސް އާއި ކަމާބެހޭ މުވައްސަސާތަކާ އެމަނިކުފާނު ބައްދަލުކުރައްވައި ކަންކަން ކުރިއަށް ދާގޮތުގެ މައުލޫމާތު ބައްލަވަމުންގެންދަވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ