މާލެ: 31°C

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދުރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

February 4, 2025
185 ފަހަރު ބަލާފައި
ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދުރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި
މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.

މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކެންސަރު ބަލިޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ކަމަށެވެ. އަދި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައި ވެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް މިހާތަނަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް ގަނެވޭނެ އުމުރު 18 އަހަރުން 21 އަހަރަށް ބަދަލުކުރެއްވުން ހިމެނެ އެވެ.

އެކީގައި ކުރާ މަސައްކަތާއި، ހިއްސާވަނިވި ޒިންމާގެ ތެރެއިން، ހާސިލުކުރަން ބޭނުންވާ އަމާޒަކީ، އަދުލުވެރި ގޮތެއްގައި އެންމެނަށް ރަނގަޅު ފަރުވާއަށް ވާސިލުވެވޭނެ މަގުފަހިކުރުން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގައި ކެންސަރު ބަލި މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރައްވަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ