
ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި މުހައްމަދު އިބްރާހީމް ދީދީ އަވަހާރަވެއްޖެ
ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި މުހައްމަދު އިބްރާހީމް ދީދީ އަވަހާރަވެއްޖެ
ލިޔުން:
ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ ސ.ހިތަދޫ ބީޗްވިލާ މުހައްމަދު އިބްރާހީމް ދީދީ (ތުއްބީގެ މުހައްމައިދީ) އަވަހާރަވެއްޖެއެވެ. މުޙައްމަދު އިބްރާހީމްދީދީވަނީ 43 އަހަރަށްވުރެ ގިނަދުވަހު، ދައުލަތަށް ހިދުމަތް ކުރައްވާފައެވެ.
މުހައްމަދު އިބްރާހިމް ދީދީ އަކީ ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ ބައްޕާފުޅެވެ.
އުމުރުން 86 އަހަރުގައި މުހައްމަދު އިބްރާހީމްދީދީ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މުހައްމަދު އިބްރާހީމްދީދީވަނީ އައްޑު އަތޮޅު ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން ކުރައްވާފައެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ހާއްސަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމުވެސްވަނީ އަދާކުރައްވާފައެވެ.
މުޙައްމަދު އިބްރާހީމްދީދީ، ދައުލަތަށް ކުރެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި 2021ވަނަ އަހަރު ސަރުކާރުންވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް އަރުއްވާފައެވެ.
މުހައްމަދު އިބްރާހީމްދީދީގެ ޖަނާޒާ އޮންނާނީ މިއަދު ހުކުރު ނަމާދަށްފަހު ސ.ހިތަދޫ މަސްޖިދުލް އިކްރާމް(ފަޒާ މިސްކިތުގައި)އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
