މާލެ: 31°C

މެޑަމް ސާޖިދާ: ދޮރީ ދަރިިފުޅު ދުވަހަކުވެސް ވޭޕް ބޭނުމެއް ނުކުރޭ، ދުންފަތުގެ އިސްތިއުމާލެއް ވެސް ނުކުރޭ

March 15, 2025
321 ފަހަރު ބަލާފައި
މެޑަމް ސާޖިދާ: ދޮރީ ދަރިިފުޅު ދުވަހަކުވެސް ވޭޕް ބޭނުމެއް ނުކުރޭ، ދުންފަތުގެ އިސްތިއުމާލެއް ވެސް ނުކުރޭ
ދޮށީ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލެއް އަދި ވޭޕުވެސް ބޭނުން ނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފަސްޓް ލޭޑީ ސާޖިދާ މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އާއިލާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވަނީ މެޑަމް ސާޖިދާގެ ބަޔާނެއް އިއްވާފަ އެވެ.

މި ބަޔާނުގައި ވަނީ އެކަމަނާގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒާ ގުޅުވާ އިދިކޮޅުން ދައްކަމުންދާ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އަދި މިފަދަ ވާހަކަތަކާ ގުޅިގެން އެ ވާހަކަތައް ދައްކާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމަވާފައިވާކަމަށް ވިދާޅުވެފައިވެ އެވެ.

ފަސްޓްލޭޑީ ވިދާޅުވީ މިފަދަ ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ކަމަށާއި ކުދިންގެ ކަރާމާތާއި އަބުރަށް ގެއްލުންވާ ކަންކަން ހިނގަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި އާއިލާގެ ފަރާތުން ވަނީ މި ކަމުގައި ހިމެނޭ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމަށް ނިންމާފަ އެވެ. އަދި ޖިނާއީ ދައުވާކުރުމާއި އެ މައްސަލަތައް ބެލުމުގެ ތެރެއަށް އާއިލާއިން ނުވަންނާނެކަމަށް އާޒިމާ ޝުކޫރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން މި މައްސަލައިގައި ދައުވާ ކުރަން ނިންމާފައިވަނީ އިދިކޮޅު އެމްޑީޕީއަށާއި، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަދި ފައްޔާޒު އިސްމާއިލާ ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ