
ދޫނި ރޯގާއާ ގުޅިގެން ބްރެޒިލް ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
ދޫނި ރޯގާއާ ގުޅިގެން ބްރެޒިލް ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
ލިޔުން:
ބްރެޒިލްއިން ދޫނި ރޯގަ ފެނިގެން ޖަނަވާރުންގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
އެ ގައުމުން ފެނިފައިވަނީ ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ އެވިއަން އިންފްލުއެންޒާ ވައިރަހެވެ.
ބްރެޒިލް އަކީ ދުނިޔޭގައި އެންމެ ގިނައިން ޗިކަން އެކްސްޕޯޓްކުރާ ގައުމެވެ. މިދިޔަ އަހަރު އެ ގައުމަށް ކުކުޅު އެކްސްޕޯޓްކޮށްގެން 9.7 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ބްރެޒިލް އިން "އެޗް5އެން1" ވައިރަހަށް ޖުމްލަ އަށް މީހަކު ޕޮޒިޓިވްވެފައެވެ. ރިއޯ ޑި ޖެނީރޯ ސްޓޭޓުން އެއް ކޭސް ފެނިފައިވާއިރު ބާކީ ހަތް ކޭސް ފެނިފައިވަނީ އަވަށްޓެރި ސްޓޭޓެއް ކަމަށްވާ އެސްޕިރިޓޯ ސެންޓޯއިންނެވެ.
ދުނިޔޭގެ ޖަނަވާރުގެ ސިއްހަތުގެ ގައިޑްލައިންގައިވާ ގޮތުން ދޫނިތަކުގައި އެވިއަން ފްލޫގެ އެޗް5އެން1 ސަބްޓައިޕް ޖެހުމަކީ އާންމުގޮތެއްގައި ވިޔަފާރި މަނާކުރާ ކަމެއް ނޫނެވެ.
އެވިއަން އިންފްލުއެންޒާގެ ކޭސްތަކެއް ފެނުމާ ގުޅިގެން ބްރެޒިލްގެ އެގްރިކަލްޗާ މިނިސްޓްރީން ވަނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށްފައެވެ. މި ސެންޓަރުގެ މަގްސަދަކީ އެވިއަން އިންފްލުއެންޒާއާ ގުޅޭ ގައުމީ އަމަލުތައް ކޯޑިނޭޓްކޮށް، ޕްލޭންކޮށް، އިވެލުއޭޓް ކުރުމެވެ.
މިދިޔަ ހަފުތާ ބަންދުގައި ހެލްތު މިނިސްޓްރީން ވަނީ ބްރެޒިލްއިން ވައިލްޑް ދޫނިތަކުން ފުރަތަމަ ކޭސް ފެނުނު އެސްޕިރިޓޯ ސެންޓޯގައި އެވިއަން އިންފްލުއެންޒާ އަށް ޝައްކުކުރެވޭ 33 މީހެއްގެ ސާމްޕަލް އެޗް5އެން1 ސަބްޓައިޕްއަށް ނެގެޓިވް ވެފައިވާ ކަމަށް ބުނެފައެވެ.
އޭގެ ކުރީ އަހަރު ދޫނި ރޯގާޖެހިގެން އިންސާނުންގެ ފަސް ކޭސް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ތާރީޚީ ގޮތުން ބަލާއިރު އެޗް5އެން1 އެވިއަން އިންފްލުއެންޒާގެ އިންސާނުންގެ ކޭސްތަކުގައި މަރުވާ މީހުންގެ ނިސްބަތް 53 އިންސައްތަ އަށް އަރާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.
މިދިޔަ އޭޕްރީލް މަހު ޑަބްލިއުއެޗްއޯއިން ވަނީ ޗައިނާގެ ދެކުނުގައި އުމުރުން 56 އަހަރުގެ އަންހެނަކު އެވިއަން އިންފްލުއެންޒާގެ އެޗް3އެން8 ސަބްޓައިޕް އަށް ޕޮޒިޓިވްވެ މަރުވެފައިވާކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
