
ދޮޅުމަހުން އެކަނިވެސް 47 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑުރަގު އަތުލައިގަނެވުނު: އިހުސާން
ދޮޅުމަހުން އެކަނިވެސް 47 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑުރަގު އަތުލައިގަނެވުނު: އިހުސާން
ލިޔުން:
އަދުގެ ސަރުކާރުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 47 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގް އަތުލައިގަނެވުނުކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ފޭދޫ ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށާއި، މިގޮތުން ރައީސް އަމާޒު ހިއްޕަވާފައިވަނީ މި ދައުރު ނިމުމުގެ ކުރިން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުން ކަމަށެވެ.
މިގޮތުން ފާއިތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން އަގުގެ ގޮތުން 47 މިލިއަން ރުފިޔާއަށްވުރެ އަގުހުރި މަސްތުވާތަކެތި ރާއްޖޭގެ ކަންކޮޅުތަކަށް ދިއުން ހުއްޓުވުނުކަމަށް އިހްސާން ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސްތުވާ ތަކެތީގެ ވަބާއިން ރައްކާތެރިވުމުގެ ގޮތުން، ފަރުވާ ހޯދުމަށް 800 މީހުން ތިބިއިރު އޭގެ ތެރެއިން 300 އަށްވުރެ ގިނަ މީހުންގެ ފަރުވާ ފެށިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޑްރަގް މައްސަލަތަކުގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަވެސް ހައްލުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މިގޮތުން މިއަދާހަމަޔަށް މިފަދަ 1800 އަށްވުރެ ގިނަ މީހުން ރާއްޖެއިން ފޮނުވާލެވިފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
