މާލެ: 31°C

ދޮޅު ލައްކަ ރުފިޔާގެ މުދަލާ އެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި

ދޮޅު ލައްކަ ރުފިޔާގެ މުދަލާ އެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި
June 2, 2023
2 ފަހަރު ބަލާފައި
ދޮޅު ލައްކަ ރުފިޔާގެ މުދަލާ އެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި
ދޮޅު ލައްކަ ރުފިޔާގެ މުދަލާއެކު، ގެންދަން ބުނި ތަނަށް ނުގެންގޮސް ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި އެވެ. ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު އިން އިއްޔެ ހަވީރު ޓެކްސީއެއް ނަގައި، އޭގައި 150،000ރ. އިލެކްޓްރޯނިކް ސާމާނު ތަނަކަށް ގެންދަން ހަވާލުކުރުމުން އެ މުދާ ބުނި ތަނަށް ނުގެންގޮސް، ޓެކްސީ ފިލި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. [embed]https://twitter.com/PoliceMv/status/1664517594181935104?s=20[/embed]

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މާފަންނު ޕޮލިހުން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދައި، މުދާތައް ހޯދާފައިވާ ކަމަށެވެ.

ނަމަވެސް އެ ސާމާނު ހޯދައި، ވެރިފަރާތާ ހަވާލުކުރިޔަސް އެ މައްސަލާގައި ޓެކްސީ ޑްރައިވަރާ މެދު ފިޔަވަޅެއް އެޅި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނު ބަންގްލަދޭޝްގެ 10،000 ޓާކާގެ ވެރިފަރާތް ހޯދުމަށް ވެސް އިއްޔެ އިއުލާން ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ