މާލެ: 31°C
ދޮގު ލިޔުން ދިނުމާއި މަނީ ލޯންޑްރީގެ ބޮޑެތި ތުހުމަތުތަކެއް އެންޑީއޭގެ މުވައްޒަފުންތަކަކަށް

ދޮގު ލިޔުން ދިނުމާއި މަނީ ލޯންޑްރީގެ ބޮޑެތި ތުހުމަތުތަކެއް އެންޑީއޭގެ މުވައްޒަފުންތަކަކަށް

March 5, 2024
2 ފަހަރު ބަލާފައި
ދޮގު ލިޔުން ދިނުމާއި މަނީ ލޯންޑްރީގެ ބޮޑެތި ތުހުމަތުތަކެއް އެންޑީއޭގެ މުވައްޒަފުންތަކަކަށް

މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް ދޭ ފަރުވާ ފުރިހަމަ ނުކުރަނީސް، ފަރުވާ ފުރިހަމަވި ކަމުގެ ލިޔުން ދޫކޮށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންތަކެއް ފައިސާ ނަގައި މަނީ ލޯންޑާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ފަރުވާ ފުރިހަމަކުރިތޯ ބަލަން އެންޑީއޭއިން ހަދާ ޓެސްޓްތަކުގެ ނަތީޖާ އޮޅުވައިލައިގެން ދޫކުރުމާއި އެކަަމަށް ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެންޑީއޭގެ އިސް މުވައްޒަފުން ތަކެއް ހިމެނޭ ކަމަށެވެ. އެ މައްސަލާގެ ތަހުގީގަށް ބޭނުންވާ ލިޔެކިއުންތައް ހޯދައި މުރާޖައާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައަކީ ނެޝަނަލް ޑްރަގް އެޖެންސީން ދެމުންދާ ފަރުވާގެ އެސެސްމެންޓް ރިވިއުކުރުމުގައި އެޖެންސީގެ ބައެއް އިސް މުވައްޒަފުންނާއި އިތުރު ބަޔަކު ގުޅިގެން އެންޑީއޭ ލެބޯޓްރީން ހަދާ ޓެސްޓްތައް ނަތީޖާ އޮޅުވާލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން ފަރުވާ ފުރިހަމަކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް، އަދި ފަރުވާ އަދި ފަރުވާ ފުރިހަމަކުރަން ޖެހޭ މުއްދަތު ކުރުކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން އަތުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ،" ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ އެ މައްސަަލާފައި ބަލަން ޖެހޭ ލިޔެކިއުންތައް ހޯދައި އެނަލައިޒްކުރަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ