މާލެ: 31°C
ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު ޒަހަމްވެެއްޖެ

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު ޒަހަމްވެެއްޖެ

January 20, 2024
3 ފަހަރު ބަލާފައި
ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު ޒަހަމްވެެއްޖެ
ހުޅުމާލެއާ ދިމާލުން ބޭރުގައި އޮތް ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލެއާ ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓެއްގައި ޑައިވިންއަށް ގޮސް މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި މީހަކަށް އަނިޔާވެފައިވާ މައްސަލައެއް މިއަދު ހެނދުނު 8:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ފައިގެ ކަކުލުން ތިރި އެއްކޮށް ބުރުވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ ފަތުރުވެރިޔާ އަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ