މާލެ: 31°C

ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިރަޔެއް ހަމަލާދީފިދީ

ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިރަޔެއް ހަމަލާދީފިދީ
May 16, 2023
2 ފަހަރު ބަލާފައި
ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިރަޔެއް ހަމަލާދީފިދީ
ކަންނެލި މަސްވެރިކަންކުރާ ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ ގދ. ތިނަދޫ، ކަޅިރަވަ ދޯނީގައި މަހަށް ގޮސް އުމުރުން 32 އަހަރުގެ ބަންގްލާދޭޝް މީހަކަށެވެ.

މައުލޫލާތު ލިބިފައިވާ ގޮތުގައި އެހާދިސާ ހިނގީ ގއ. ކޫއްޑޫ ކައިރީގައެވެ.

" ވީ ގޮތަކީ އޭނަ އެއްލި ދޮށީގައި މިޔަރެއް ގަތީމަ އެއާ އެއްކޮށް ކަނޑަށް ވެއްޓުނީ، ވެއްޓުނު ވަގުތު މިޔަރު އެ އައިސް އެ މީހާގެ ގައިގައި ދަތް އެޅީ، " މައުލޫމާތު އެނގޭ މީހަކު މީޑިއާއަށް ކިޔާދީފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ މީހާގެ ކަނާއަތަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އަދި ފައިތިލައަށްވެސް ޒަހަމްތަކެއް ލިބިފައިވެއެވެ.

އެ ބިދޭސީ މީހާ ވަނީ ފަރުވާ ދިނުމަށް ގއ، ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކަން ގއ. އަތޮޅު ހޮސްޕިޓަލުން މިނިވަން އަށް ކަށަވަރުކޮށްދިނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ