މާލެ: 31°C

ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ހަރުކުރުމުގެ ސްކީމްގައި ބައިވެރިވާން ހުޅުވާލައިފި

November 27, 2022
2 ފަހަރު ބަލާފައި
ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ހަރުކުރުމުގެ ސްކީމްގައި ބައިވެރިވާން ހުޅުވާލައިފި
ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ހަރުކުރުމުގެ ސްކީމްގައި ބައިވެރިވާން ހުޅުވާލައިފި
މަސްދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު " ރެފްރިޖަރޭޓެޑް ސީވޯޓާ ސިސްޓަމް (އާރްއެސް ޑަބްލިއު ސިސްޓަމް) އާއި ސޯލާ ޕެނަލް ހަރުކުރަން ސަރުކާރުން ހިންގާ ސްކީމްގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ހަރުކުރަން ސަރުކާރުން ހިންގާ މަޝްރޫއުގައި އެ ނިޒާމު ހަރުކުރާނީ ޖުމްލަ 200 ދޯންޏެއްގަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި އެ ނިޒާމު ފުރަތަމަ ހަރުކުރާނީ 100 ދޯންޏެއްގަ އެވެ. އޭޑީޕީގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން، މަސްފިނިކުރާ ނިޒާމާއި ސޯލާ ޕެނަލް ހަރުކުރާ ފުރަތަ 100 ދޯނި ކަނޑައެޅުމަށް ޓަކަކައި އެކަމަށް އެދި ހުށަހަޅަން މިއަދު ހުޅުވައިލި ފުރުސަތުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ 12:00 އެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތު

ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ، މަސްފިނިކުރާ ނިޒާމާއި ސޯލާ ހަރުކުރުމުގެ ޕްރޮގްރާމްފައި ބައިވެރިކުރާނީ ހަތަރު ޝަރުތެއް ހަމަވާ ދޯނި ފަހަރެވެ. އެއީ:
  1. ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވުމާއި އެކު މަސްވެރިކަމަށް ދޫކުރާ ލައިސަންސް އޮތް ދޯންޏަކަށް ވުން.
  2. މިހާރު ވެސް މަސްވެރިކަމަށް ބޭނުންކުރާ އުޅަނދަކަށް ވުން
  3. ދިގުމިނުގައި މަދުވެގެން 50 ފޫޓް ހުރުމާއި އެކު 15 ޓަނުގެ މަސް ބަރުކުރެވޭ ވަރުގެ އުޅަނދަކަށް ވުން4
  4. މަސްފިނިކުރާ ނިޒާމު ހަރުކުރާނެ ޖާގަ އޮތް އުޅަނދަކަށް ވުން.
މަސްފިނިކުރާ ނިޒާމާއި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމްގަައި ބައިރެކުރާނެ ދޯނިފަހަރު ކަނޑައެޅުމާއި އެކަމަށް ހޮވޭ ދޯނިފަހަރުގައި އެ ނިޒާމު ހަރުކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާނީ މައިގަނޑު ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އޮންނާނީ އުޅަނދުފަހަރުން (އުޅަނދުފަހަރުގެ ވެރިން) އެކަމަށް ޝައުގުވެރިކަން ފާޅުކުރުމެވެ. އެ މަރުހަލާގައި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ އުޅަނދުފަހަރާ ބެހޭ މައުލޫމު މިނިސްޓްރީން ސާފުކުރާނެ އެވެ. އެ އުޅަނދަކަށް ބޭނުންވާނީ ކިހާވަރެއްގެ ނިޒާމެއް ކަމަށާއި ކިހާވަރެއްގެ ސޯލާ ޕެކެއް ކަން އެ ފުރަތަމަ މަރުހަލާގައި ބަލާނެ އެވެ. އެ ތަފްސީލުތައް ހޯދުމަށް ފަހު އެ އުޅަނދަކަށް އެކަށޭނަ ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައަޅާނެ އެވެ. ދެވަނަ މަރުހަލާގައި އޮންނާނީ މަސްފިނިކުރާ ނިޒާމު ފޯރުކޮށްދޭން އެސްޑީއެފްސީން ލިސްޓްކޮށްފައިވާ ސްޕްލަޔަރުންގެ ތެރެއިން ސަޕްލަޔަރެއް އިހުތިޔާރުކުރުމުގެ ފުރުސަތު ދިނުމާއި އެގޮތުން އިހުތިޔާރުކުރާ ސަޕްލަޔަރަކު ލައްވައި އެ ނިޒާމު ހަރުކުރުމެވެ. އެ ނިޒާމު ހިންގައި ބަލަހައްޓަން ބޭނުންވާ ތަމްރީނު ވެސް އުޅަނދުގެ ވެރިފަރާތުން ކަނޑައަޅާ ބަޔަކަށް ދޭނެ އެވެ. މަސްފިނިކުރާ ނިޒާމުތައް ފޯރުކޮށްދޭނެ ފަރާތްތައް ހޯދަން ބައިނަލް އަގުވާމީ ބީލަމަކަށް ވެސް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ