މާލެ: 31°C
ދިޔަނެރު ފަރަށް އުރުނު ޓަގު ބޯޓު 20 މިލިއަނުން ޖޫރިމަނާ

ދިޔަނެރު ފަރަށް އުރުނު ޓަގު ބޯޓު 20 މިލިއަނުން ޖޫރިމަނާ

June 5, 2024
2 ފަހަރު ބަލާފައި
ދިޔަނެރު ފަރަށް އުރުނު ޓަގު ބޯޓު 20 މިލިއަނުން ޖޫރިމަނާ
ދިޔަނެރު ފަރަށް އެރި ޓަގު ބޯޓެއްގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން އެ އުޅަނދުގެ ވެރިފަރާތް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. ޓަގު އޭއެމް އެޑްވޭ އާއި އެ ޓަގާއެކު އައި ރާއްޖެ އައި ބާޖު އެރޮން ދިޔަނަރު ފަރަށް އެރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެ އުޅަނދު ފަރުމަތިން ނެގީ އޭގެ އަނެއް ދުވަހު އެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސަރުކާރުގެ ގެޒެޓްގައި އާއްމުކުރި އިއުލާނެއްގައި ބުނީ އެ ޓަގުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށެވެ. އެ ސާވޭއާ ހަވާލާދީ އީޕީއޭއިން ބުނީ، ފަރަށް އެރި ސަރަހައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަހައްދަށް 804 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ ކަމަށެވެ. އަދި ގަވާއިދުގެ ދަށުން އެ ޓަގު ބޯޓަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދަކީ 20,246,600ރ ކަމަށް އެ އުޅަނދުގެ ވެރިފަރާތް، ދި މިޑްލް އީސްޓް މެރިން އެލްއެލްސީ އަށް އަންގާފައިވާ ކަމަށެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އަންގައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ