
ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ
ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ
ލިޔުން:
މީލާދީން 1704 ވަނަ އަހަރުން ފެށިގެން 1757 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރަސްކަން ކުރި ދިޔަމިނގިލި ދަރިކޮޅުގެ ދުވަސްވަރު ތ. ތިޔަމިގިލީގައި ބިނާކޮށްފައިވާ ދިޔަމިގިލި ގަނޑުވަރު މަރާމާތުކޮށް، ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ނެޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް) އިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެ މަސައްކަތަށް ބީލަން ހުށަހެޅޭނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދަފުތަރުގައި ރަޖިސްޓްެރީވެފައިވާ ކުންފުނިތަކަށެވެ. އެ މަސައްކަތަށް ބިޑްކުރަން އެދޭ ފަރާތްތަކަށް މައުލޫމާތު ދޭން ބާއްވާ ބައްދަލުވުމެއް، އަންނަ ބުރާސްފަތި ދުވަހު (އޭޕްރީލް 13 ވަނަ ދުވަހު) ހެނދުނު 10:30 ގައި ދިޔަމިގިލި ކައުންސިލްގެ އިދާރާގައި އޮންނާނެ އެވެ.
އެންސީސީއެޗްގެ އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ދިޔަމިގިލި ކައުންސިލްގެ އިދާރާގަ އެވެ.
ދިޔަމިގިލި ގަނޑުވަރާއި ނ. ލަންދޫގައި ހުންނަ ލަންދޫ މާބުދުގެ ސައިޓް މިއުޒިއަމްތަކުގެ ގޮތުގައި ތަރައްގީ ކުރަނީ އަވަށްޓެެރި އިންޑިއާއިން ދީފައިވާ 337،000 ޑޮލަރުގެ ހިލޭ އެހީ އަކުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
