
ދިވެހިންނަށާއި ފަލަސްތީނަށް ދެރަވާނެ ކަމެއް ނުކުރާނަން: ޝާހިދު
ދިވެހިންނަށާއި ފަލަސްތީނަށް ދެރަވާނެ ކަމެއް ނުކުރާނަން: ޝާހިދު
ލިޔުން:
އިޒްރޭލް ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެނުވެވޭ ގޮތް ހަދާނަމަ، އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް އެމެރިކާގެ ސެނެޓަށް ހުށަހަޅުމުގެ މަސައްކަތް ފެށުމުގެ ފަހަތުގައި އޮތީ އެމްޑީޕީ އާއި އެޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ކުރެއްވި ތުހުމަތު ޝާހިދު ދޮގުކޮށްފިއެވެ.
އެކަން ދޮގުކޮށް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ މައްސަލަ ފަދަ، ދިވެހިންގެ ހިތްތަކާ ރޫހާ ގުޅިފައިވާ ހައްސާސް މައްސަލައެއް ބޭނުންކުރައްވައިގެން އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލްކުރައްވަން އުޅުމަކީ، ފަލަސްތީނުގެ މުސްލިމް އަހުންނަށް އިސްރާއީލުން އެދޭ އަނިޔާތަކަށް ހިތްވަރުދިނުން ކަމަށެވެ.
އިތުރަށް ޝާހިދު ވަނީ މި ދަނޑިވަޅުގައި ދޮގު ވާހަކަ ފަތުރައިގެން ދިވެހި ސަފުތައް ބައިބައިކުރަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިބްރާހިމްއަށް އިލްތިމާސް ކުރައްވާފައެވެ.
"ފަލަސްތީނުގެ ދިފާއުގައި މުޅި ދިވެހި ގައުމު އެކަތިގަނޑަކަށްވެފައިވާ މިދަނޑިވަޅުގައި މަޖިލިސް މެމްބަރަކަށް ހުންނަވައި ފިތުނަ އާއި ދޮގު ފަތުރުއްވާ ދިވެހި ސަފުތައް ބައިބައިކުރަށްވަން ތިޔަކުރައްވާ މަސައްކަތް ހުއްޓަވާލެއްވުމަށް އިލްތިމާސްކުރަން،" ޝާހިދު ވިދާޅުވިއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ، ކޮންގްރެސް މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތައިމާއެވެ. 'ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތު)' ގެ ނަމުގައި އޭނާ މި ބިލު ހުށަހަޅުއްވަނީ އިދިކޮޅު ޑިމޮކްރެޓްސްގެ މެމްބަރުންގެ ތާއީދާ އެކު ވެސް މެއެވެ.
މި ބިލާ ގުޅިގެން އޭނާ ނެރުނު ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ "އިޒްރޭލުގެ ހުރިހާ ރައްޔިތުން ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް ޓެކްސް ޑޮލަރު ފޮނުވައިގެން ނުވާނެ،" ކަމަށެވެ.
އަދި އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން މަަނާކުރުން އޭނާ ސިފަކުރެއްވީ "ޔަހޫދީންނާ މެދު ނަފުރަތު އުފެއްދުމުގެ ފާޅުކަން ބޮޑު އަމަލެއް" ގެ ގޮތުގައެވެ.
އިޒްރޭލުން ފަލަސްތީނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެކަމާ ގުޅިގެން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއާ އެކު ރާއްޖެއަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
