ދިވެހިންގެ އެހީގައި ބަނގުލަދޭޝްގައި މި ރަމަޟާން މަހުގެ ފުރަތަމަދުވަހު މިސްކިތެއް ހުޅުވައިފިއެވެ.
ބަނގުލަދޭޝްގެ ޗަކަރިޔާ އަވަށުގައި "ހިދުމަތް" ޖަމިއްޔާއިން ބިނާކުރި މިސްކިތް އިއްޔެ ހުޅުވި އިރު، އެތަނުގައި ފުރަތަމަ ބަންގީ ގޮވީ އަލީ ރަމީޒެވެ. އަލީރަމީޒްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަލީ ރަމީޒު ވަނީ "ހިދުމަތް" ޖަމިއްޔާ އިން ބިނާކުރި މިސްކިތުގައި އެންމެ ފުރަތަމަ ބަންގި ގޮވަން ލިބުނު ކަމަށްޓަކައި ހަމްދުކުރާ ކަމަށް ވެސް ބުނެފަ އެވެ.
މީގެ ކުރިން ވެސް ދިވެހިންގެ އެހީގައި ބަނގުލަދޭށްގެ އެކި އަވަށް ތަކުގައި މިސްކިތްތަކާއި ފެންވަޅުތައް ބިނާކޮށްފައިވެއެވެ.







