އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ޣައްޒާގެ ފަގީރުންނަށް ބަހާ އިފްތާރް ޕެކޭޖް ގެ ސަބަބުން އެމީހުން ހިނިތުންވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެ ޖަމިއްޔާ އިން ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.
އެ ކެމްޕޭނުން ޕޯސްޓް ކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި، ޣައްޒާގެ ބަދިގެ ތަކުގައި ގިނައަދަދަކަށް ކާނާ ތައްޔާރުކޮށް، ޕެކޭޖް ކޮށް، ކޮންމެ ޕެކޭޖެއްގައި ވެސް " ލޯތްބާއެކު " މިހެން ޖަހާފައިވެއެވެ.
[embed]https://twitter.com/IACMaldives/status/1642859491480981504[/embed]
އިންޓަނޭޝަނަލް އެއިޑުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގާއި ޖެހިފައިވާ މީހުނަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ޣައްޒާ އަކީ " ލޯތްބާ އެކު" ކެމްޕޭނު ފުރަތަމަ ފެށި ތަން ވެސް މެއެވެ. އެ ޖަމިއްޔާ އިން ބުނިގޮތުގައި ޕެކޭޖްތައް ބަހަނީ ޣައްޒާގެ އެންމެ ފަގީރު ހިސާބުތަކުގައެވެ.
" ރޯދަވީއްލާ ވަގުތާ ދިމާކޮށް މި ބެހުންތައް ކުރިއަށް ގެންދެވުނީ ޣައްޒާގެ އެންމެ ފަޤީރު ހިސާބުތަކުގަ " އެޖަމިއްޔާއިން ބުންޏެވެ.
އެޖަމިއްޔާ އިން ބުނީ ދިވެހިންގެ އެހީތެރިކަމާއެކީކޮންމެދުވަހަކުވެސް ރޯދަވީއްލުން ބަހާކަމުގައެވެ.
"އިރާދަފުޅާއެކު ކޮންމެ ދުވަހަކުވެސް ޣައްޒާގައި ނިކަމެތި އާއިލާތަކަށް ރޯދަވީއްލުން ދަނީ ފޯރުކޮށްދެވުމުން" އެޖަމިއްޔާއިން ބުންޏެވެ.
[embed]https://twitter.com/IACMaldives/status/1642678045483077634[/embed]
ދިވެހިން ދޭ އެހީ އޭގެ ހައްގުވެރިންނަށް ފޯރުކޮށްދޭއިރު އަބަދުވެސް ބަލަނީ އެ ގައުމަކުން ލިބެންހުރި އެންމެ ރަނގަޅު ތަކެތި ފޯރުކޮށްދިނުމަށް ކަމަށް ވެސް އިންޓަނޭޝަނަލް އެއިޑުން ބުންޏެވެ. އެ ބަހާ އިފްތާރު ޕެކޭޖްގެ އަގަކީ -/70 ރުފިޔާ އެވެ. ކޮންމެ މީހަކަށް ވެސް އިފްތާރު ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.







