ދިވެހިން ގިނައިން ހިޖުރަ ކުރަނީ ކިޔެވުމަށް

ދިވެހިން ގިނައިން ހިޖުރަ ކުރަނީ ކިޔެވުމަށް
ލިޔުން:
ދިވެހިންގެ ތެރެއިން އެންމެ ގިނައިން މީހުން ހިޖުރަ ކުރަނީ ތައުލީމް ހާސިލް ކުރުމަށް ކަމަށް "ބޯހިމެނުން 2022" ރިޕޯޓުން ހާމަވެއްޖެ އެވެ.
ދުނިޔޭގެ އާބާދީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ނެރެދެއްވި ބޯހިމެނުން ރިޕޯޓުގައިވާ ގޮތުން ދިވެހިންގެ ތެރެއިން ހިޖުރަކުރާ މީހުންގެ 20 އިންސައްތަ މީހުން ހިޖުރަ ކުރަނީ ތައުލީމް ހޯދުމަށެވެ. ހިޖުރަ ކުރާ މީހުންގެ 19 އިންސައްތަ މީހުން ވަޒީފާ ހޯދުމަށް ހިޖުރަ ކުރާއިރު އާއިލާ ހިޖުރަ ކުރުމުން އާއިލާ އާއި އެކު އުޅުމަށްވެސް 19 އިންސައްތަ މީހުން ވަނީ ހިޖުރަ ކޮށްފަ އެވެ.
އަތޮޅު ތެރޭގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މާލެއަށް ހިޖުރަ ކުރާ ދިވެހިންގެ 37 އިންސައްތަ މީހުން ހިޖުރަ ކުރަނީ ތައުލީމް ހާސިލް ކުރުމަށެވެ. އާއިލާ ހިޖުރަ ކުރުމުން އާއިލާއާއި އެކު ދިރިއުޅުމަށް 21 އިންސައްތަ ހިޖުރަ ކޮށްފައިވާއިރު 14 އިންސައްތަ މީހުން ހިޖުރަ ކޮށްފައިވަނީ ވަޒީފާ ހޯދުމަށެވެ.
އަތޮޅުތެރެއަށް ހިޖުރަކޮށްފައިވާ ދިވެހިންގެ ތެރެއިން ގިނަ މީހުން ހިޖުރަކޮށްފައިވަނީ ރަށަށް އެނބުރި ދިރިއުޅުން ބަދަލު ކުރުމަށެވެ. އެގޮތުން 29 އިންސައްތަ މީހުން އަލުން ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާއިރު އާއިލާ ހިޖުރަ ކުރުމުން އާއިލާއާއި އެކު އުޅުމަށް 21 އިންސައްތަ މީހުން ހިޖުރަކޮށްފައިވެ އެވެ. މީގެ އިތުރުން ކައިވެނިކޮށްގެން 13 އިންސައްތަ މީހުންވަނީ ހިޖުރަކޮށްފަ އެވެ.
ބޯ ހިމެނުމުގައި ހިޖުރަކޮށްފައިވާ މީހުން ކަނޑައަޅާފައިވަނީ އެމީހަކު އާންމުކޮށް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ގައުމެއްގައި އެއް އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާނަމަ އެވެ. ނުވަތަ އެއް އަހަރާއި އެއަށް ވުރެ ގިނަ ދުވަހު ދިރިއުޅެން ގަސްތުކޮށްގެން އެތަނުގައި ދިރިއުޅެމުން ދާނަމަ އެވެ.
ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 46 އިންސައްތަ މީހުންނަކީ އުމުރު ކޮންމެވެސް ހިސާބަކުން ހިޖުރަކޮށްފައިވާ މީހުންކަމަށް ބޯހިމެނުމުން ދައްކަ އެވެ. އަދި ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ އުމުރުން 25 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންކަމަށްވެސް މި ރިޕޯޓުން ދައްކަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
