މާލެ: 31°C
ފަރުވާ ހޯދަމުންއައި ހޮސްޕިޓަލުން އާސަންދަ ކަނޑާލުމުން ދިވެހިން އެ ހޮސްޕިޓަލްތަކަށް ގޮސް އާދޭސްކުރަނީި

ފަރުވާ ހޯދަމުންއައި ހޮސްޕިޓަލުން އާސަންދަ ކަނޑާލުމުން ދިވެހިން އެ ހޮސްޕިޓަލްތަކަށް ގޮސް އާދޭސްކުރަނީި

9 ޖުލައި 2025
1166 ފަހަރު ބަލާފައި
ފަރުވާ ހޯދަމުންއައި ހޮސްޕިޓަލުން އާސަންދަ ކަނޑާލުމުން ދިވެހިން އެ ހޮސްޕިޓަލްތަކަށް ގޮސް އާދޭސްކުރަނީި

ޒަމާނުންސުރެ ބޭސްފަރުވާއަށް ދިވެހިން ސަލާންޖަހަމުން އައި އައުމަށް 2009 ވަނަ އަހަރު ނިމުން ގެނުވައި އާސަންދަ ތަޢާރަފް ކުރުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުން ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ޒަރޫރީ ސިއްހީ ފަރުވާކުރެވޭނެ އިންތިޒާމް ހަމެޖެހިގެން ދިޔައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާކުރެވެންނެތް ބަލިތަކަށް އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ އެންމެ ގިނައިން ދިވެހިން ގޮސްއުޅޭ ގިނަ ހޮސްޕިޓަލް ތަކަކުން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ރާއްޖޭއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ދިވެހިން ދިޔައީ މިދެންނެވި ހޮސްޕިޓަލް ތަކުން ފަރުވާ ހޯދަމުންނެވެ. ބައެއް މީހުންގެ ފަރުވާ އަކީ އެތަށް މަހަކަށް ނުވަތަ އެތަށް އަހަރަކަށް ދިގުދެމިގެންދާ ފަދަ ބޮޑެތި ބަލިތަކަށް ކުރަމުން އައި ފަރުވާތަކެވެ.

ނަމަވެސް 2023 ވަނަ އަހަރު ސަރުކާރު ބަދަލުވެ އާސަންދަ ނިޒާމަށް ގެނައި ބަދަލާއެކު މިދެންނެވިފަދަ ފަރާތްތަކުން ފަރުވާކުރަމުންދިޔަ އެތަށް ހޮސްޕިޓަލް ތަކުން އާސަންދައިގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. އެއާއެކު އެ ހޮސްޕިޓަލުތަކުން ދިގުމުއްދަތުގެ ފަރުވާތައް ކުރަމުންއައި ފަރާތްތަކަށް ގޮތެއްނެތި އެތަށް ދުވަހަކު ތިބެން ޖެހުނެވެ. އެއަށްފަހު ސަރުކާރުން ބުނާ ހޮސްޕިޓަލަކަށް ފަރުވާގެ ކަންކަން ބަދަލުކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

ބައެއް ކަހަލަ ފަރުވާ ތަކަކީ އެތަށް ދުވަހެއް ވަންދެއް ވަކި ހޮސްޕިޓަލަކުން ހޯދަމުންއައި ފަރުވާއެއްނަމަ އެ ފަރުވާ ކުރިއަށްގެންދާ ހޮސްޕިޓަލް ބަދަލުކުރުމަކީ ބަލި މީހާ އަށް އޭގެ ވަރަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. އެގޮތުން ފަރުވާގެ ހިސްޓްރީއާއި އަދި ބަލިމީހާގެ ކަންކަން ހޮސްޕިޓަލަށް އެނގޭ މިންވަރާއި، އަލަށް ބަދަލުވާ ހޮސްޕިޓަލުން ފަރުވާގެ ކަންކަން ދެނެގަނެ ބަލި މީހާއާއި މެދު ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކެއް ނިންމުމުގައިވެސް ތަފާތު ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެގޮތަށް އެކަން ވާން ފެށުމުން ބަލި މީހާ ކުރިން ފަރުވާ ހޯދަމުންދިޔަ ހޮސްޕިޓަލަށް ގޮސް ރާއްޖޭގެ އާސަންދަ ކުންފުންޏަށް އެމީހާގެ ބައްޔަށް އެ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ފަރުވާ ހޯދުމުގެ މުހިއްމު ކަން ބުނެދީ އާސަންދަ ހަމަޖައްސައިދޭންވެސް ބައެއް ފަރާތްތަކުން ހޮސްޕިޓަލަށް އައިސް އެދެމުންދާކަމަށް އެފަދަ ހޮސްޕިޓަލެއްގެ އިންޓަރނޭޝަނަލް ކައުންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.

އެ ފަރާތުން ބުނީ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ ދިވެހިން އެގޮތަށް އައިސް ވަރަށް ގިނައިން ރިކުއެސްޓް ކުރަމުންއަންނަ ކަމަށާއި، ނަމަވެސް އެކަމުގައި ހޮސްޕިޓަލުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ބުނުމުންވެސް އާސަންދައަށް އީމެއިލް އެއް ނަމަވެސް ކޮށްލަދިނުމަށް އެދެމުންދާ ކަމަށެވެ.

އިތުރަށް އެފަރާތުން އެފަދަ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮތާމެދު ހިތާމަ ކުރާ ކަމަށާއި، ނަމަވެސް އާސަންދަ އަކީ އެ ހޮސްޕިޓަލުތަކުން ރިކުއެސްޓްކޮށްގެން ހަމަޖެއްސޭނެ ކަމަކަށްނުވާތީ އެގޮތަށް ދިވެހިންނަށް ޖަވާބުދެމުންގެންދާ ކަމަށެވެ.

މިފަދަ ހިތާމަވެރި ހިތްދަތި ހާލަތުގައި ބޭރުގައުމެއްގެ ހޮސްޕިޓަލްތަކަށްގޮސް ދިވެހި ސަރުކާރުގައި އެމީހާގެ ފަރާތުން ސަލާންޖަހައި ދިނުމަށް އެދެންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވުމީ  ދިވެހިން ހާދަ ނިކަމެތި ދަރަޖައަކަށް ވެއްޓުން ނޫންބާއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ