މާލެ: 31°C
ދިވެހިން އާންމުކޮށް ބޭނުންކުރާ ދެވައްތަރެއްގެ ހަވާދު ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާ!

ދިވެހިން އާންމުކޮށް ބޭނުންކުރާ ދެވައްތަރެއްގެ ހަވާދު ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާ!

April 28, 2024
3 ފަހަރު ބަލާފައި
ދިވެހިން އާންމުކޮށް ބޭނުންކުރާ ދެވައްތަރެއްގެ ހަވާދު ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާ!
ދިވެހިން އާންމުކޮށް ބޭނުންކުރާ ދެވައްތަރެއްގެ ހަދާދުގައި ކެންސަރު ޖައްސާ މާއްދާއެއް އެކުލެވޭތީ އެ ދެބާވަތުގެ ހަވާދު ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފިއެވެ. އިންޑިއާގެ ދެ އުފެއްދުމެއް ކަމަށްވާ "އެވްރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދު ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އެންގީ އޭގައި އިންސާނުންގެ ސިއްހަތަށް ނުރައްކާވާ "އެތަލިން އޮކްސައިޑް" ހުރެ ކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އޭޖެންސީ އާއި ހޮންކޮކްގެ ސެންޓަ ފޯ ފުޑް ސޭފްޓީ އިން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައި ވާތީއެވެ. އެތަލިން އޮކްސައިޑް އަކީ އޭގައި ފޮނި ވަހެއް ހުންނަ، ކެންސަރު ޖައްސާ މާއްދާއެކެވެ. މި އުފެއްދުންތައް ބާޒާރުން ނެގުމަށް ސަރުކާރުން ވަނީ އަންގާފައެވެ. ބޭނުން ނުކުރުމަށް އަންގާފައިވާ ހަވާދުގެ ބްރޭންޑްތަކަކީ: 1.  އެމްޑީއެޗްގެ މެޑްރާސް ކަރީ ޕައުޑާ (ސްޕައިސް ބްލެންޑް ފޯ މެޑްރާސް) - މުއްދަތު ހަމަވަނީ އޮގަސްޓް 2024 އަށް   އެވަރެސްޓްގެ ފިޝް ކަރީ މަސާލާ - މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2025 އަށް 2. އެމްޑީއެޗްގެ ސާމްބާ މަސާލާ މިކްސްޑް މަސާލާ ޕައުޑާ - މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2024 އަށް  އެމްޑީއެޗްގެ ކަރީ ޕައުޑާ މިކްސް މަސާލާ ޕައުޑާ - މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2024 އަށް  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ