މާލެ: 31°C

ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަން އިނގުމަކީ ފަޚްރެއްކަން ދަރިންނަށް ވިސްނައިދޭންޖެހޭ: ނައިބްރައީސް

ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަން އިނގުމަކީ ފަޚްރެއްކަން ދަރިންނަށް ވިސްނައިދޭންޖެހޭ: ނައިބްރައީސް
September 7, 2024
2 ފަހަރު ބަލާފައި
ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަން އިނގުމަކީ ފަޚްރެއްކަން ދަރިންނަށް ވިސްނައިދޭންޖެހޭ: ނައިބްރައީސް
ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަން އިނގުމަކީ ކިހާ އުފާވެރި ފަޚުރެއްކަން ދަރިްންނަށް ވިސްނައިދޭންޖެހޭ ކަމަށް ނައިބްރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ސުޚުލުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔަން އިނގުމަކީ ކިހާ އުފާވެރި އަދި ކިހާ ފަޚުރުވެރިކަމެއްކަން ދަރިންނަށް ވިސްނައިދޭންޖެހޭ ކަމަށާއި، މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމަށާއި، އަދި ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަރިންނަށް ދަސްކޮށްދޭން ޖެހޭކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ހަމައެއާއެކު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދިއުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އަދި މިއަދުގެ ޖަލްސާގައި ނައިބްރައީސްވަނީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ވަނީ އަލި އަޅުއްވާލައްވާފައެވެ. އަދި ޤައުމުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ޞިނާޢަތްތައް ތަޢާރަފްކުރައްވައި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ