މާލެ: 31°C

ދިވެހި ހުރިހާ ޙައްޖާޖީންގެ ޙާލު ރަނގަޅު

June 4, 2025
172 ފަހަރު ބަލާފައި
ދިވެހި ހުރިހާ ޙައްޖާޖީންގެ ޙާލު ރަނގަޅު
ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި މިރޭ އަރަފާތަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި މިރޭ އަރަފާތަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިންވެސް މިނާއަށް ގޮސްފިއެވެ. ޙައްޖުވެރިން ވަނީ މިނާއަށް ރޭގެ ވަގުތެއްގައި މިނާއަށް ގޮސްފައެވެ. އަރަފާތަށް ދިއުމަށް މިރޭގެ ވަގުތެއްގައި ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

ހައްޖުވެރިންނަށް މިނާއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ދިވެހި ހައްޖުވެރިންނަށްޓަކައި މި ފަހަރު މިނާއިން މަތީ ކެޓަގަރީގެ ޓެންޓުތައް ކަނޑައަޅާފައިވާކަމަށް ސަރުކާރުންވަނީ ބުނެފައެވެ. އަދި މި ފަހަރު ދިވެހި ހައްޖުވެރިންނަށް ހާއްސަ ޓެންޓުތަކުގައި އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. 

މިނާގައި ޙައްޖާޖީން މިއަދު މަޑު ކުރުމަށްފަހު މިރޭ ދަތުރުކުރާނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ.

ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ހައްޖާޖީން މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ބަޔަކަށް ހާއްސަކޮށްފައިވާ ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފަ އެވެ.

 

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ