
ދިވެހި ފަޅުވެރިން ނުލިބިގެން މަލިކުން މަސްވެރިން ގެންނަނީ
ދިވެހި ފަޅުވެރިން ނުލިބިގެން މަލިކުން މަސްވެރިން ގެންނަނީ
ލިޔުން:
ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ ދިވެހިން ނުލިބުމުން "ނޯއާ" ދޯނިން އިންޑިޔާގެ ޓެރިޓަރީއެއްކަމަށްވާ މަލިކުން ފަޅުވެރިން ހޯދުމަށް އިއުލާންކޮށްފިއެވެ.
އެ ދޯނިން ވަނީ މަލިކުން ހަތަރު ފަޅުވެރިން ހޯދަން އިއުލާންކޮށްފައެވެ.
ނޯއާ ދޯނީގެ ވެރިޔާ އަބްދުލް ހަލީމް އަބްދުއް ނާސިރު "އިހަވަންދޫ" ނޫހަށް މައުލޫމާތު ދެމުން ބުނީ މަލިކުން ފަޅުވެރިން ހޯދަން އިއުލާންކުރުމާއިއެކު މަލިކު އަދި ލަކްޝަދީބުގެ ރައްޔިތުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ކަމަށެވެ.
ހަލީިމް ބުނި ގޮތުގައި މަލިކުން މީހުން ގެންނަން ނިންމީ، އަގުހެޔޮވުމާއެކު އެމީހުންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކަށްވުމުންނެވެ. އަދި ދިވެހި މަސްވެރިކަމާ އެންމެ ގުޅޭ މަސްވެރިކަމެއްކުރަނީ މަލިކު މީހުންނަށް ވުމުގެ އިތުރުން ބަނގުލަދޭޝް މީހުންގެ ވިސާ އަގުބޮޑު ވުމުން ކަމަށް ވެސް ހަލީމް ބުންޏެވެ.
ހަލީމަކީ އަބަދުވެސް ތަފާތުކަންކަން ތައާރަފްކުރާ އޮޑިވެރިއެއްކަމަށް އެނގިފައިވާ އިރު، އޭނާ އަންނަނީ ނޯއާ ދޯނީގައި، އިންފޯމޭޝަން ޓެކްނޮލޮޖީ އެހީގައި މަސްވެރިންނަށް ފަސޭހަކޮށްދޭނޭ ގިނަ ވަސީލަތްތައް ބޭނުންކުރަމުންނެވެ.
މަލިކު މީހުންނާއި އިހަވަންދޫ މީހުންގެ ދެމެދު ތާރީހީ އަދި އާއިލީ ގުޅުންތަކެއް އޮންނައިރު، ފަހަކަށް އައިސް އެ ގުޅުންތައް ދަނީ އިތުރަށް ބަދަހިވަމުންނެވެ. އެގޮތުން މަލިކާ 90 މޭލު ދުރުގައި އޮންނަ އިހަވަންދޫގެ ބަޔަކު މަލިކަށް ޒިޔާރަތް ކޮށް، މަލިކުގެ ގްރޫޕެއް ވަނީ އީދު ފާހަގަކުރުމަށް އިހަވަންދޫއަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
