މާލެ: 31°C

ދިވެހި ސެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަން ކުރަނީ

ދިވެހި ސެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަން ކުރަނީ
August 29, 2024
2 ފަހަރު ބަލާފައި
ދިވެހި ސެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަން ކުރަނީ

މަޝްހޫރު ދިވެހި ސެފް މަހާ ނަސީރު، ތައިލެންޑުގެ ބެންކޮކްގައި މިމަހުގެ 28 އިން 31 އަށް ކުރިއަށްދާ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަން ކޮށްފިއެވެ.

މި މުބާރާތަކީ ގިނަ ބައިނަލްއަގްވާމީ ސެފް ފަނޑިޔާރުން ބައިވެރިވާ، 12 ގައުމެއްގެ ސެފް ޓީމުތަކާއި ތައިލެންޑުގެ 4 ޓީމެއް ވާދަކުރާ މުބާރާތެކެވެ. ދިވެހިރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، މޮންގޯލިއާ، ކެމްބޯޑިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސް ހިމެނެއެވެ.

ސެފް މަހާ އަކީ ކުރީގެ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްކަން ކޮށްފައިވާ ފަރާތެކެވެ. މިހާރު މަހާ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ބޯޑް މެމްބަރެއްގެ ގޮތުގައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މަހާ ވަނީ ކަލިނަރީގެ ދާއިރާއިން ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

މަހާ އަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ. އަދި ރާއްޖެއިން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ