
ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 98 ޕަސެންޓު
ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 98 ޕަސެންޓު
ލިޔުން:
ރާއްޖޭގައި ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 98 އިންސައްތަކަމަށް "ބޯހިމެނުން 2022" އިން ދައްކައިފި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ނެރެ ދެއްވި ބޯހިމެނުން ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގައި ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް 98 އިންސައްތައިގައި ހުރި އިރު އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް ހުރީ 81 އިންސައްތައިގަ އެވެ.
ބޯހިމެނުން ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ އަންހެނުންނަށް ވުރެ ފިރިހެނުން ގިނަ އެވެ.
ދިވެހި ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ ތެރެއިން 33 އިންސައްތަ އަކީ ސްކޫލް ނުވަތަ ތައުލީމުދޭ އެހެނިހެން ތަންތަނުގައި މިހާރުވެސް ތައުލީމް ހާސިލް ކުރަމުންދާ މީހުންނެވެ.
ރާއްޖޭގެ ކުޑަކުދިންގެ އާބާދީއަކީ 71,635 ކަމަށް ބޯހިމެނުން ރިޕޯޓުގައި ބުނެފައިވާ އިރު އޭގެ ތެރެއިން 99.7 އިންސައްތަ - 71,406 ކުދިންނަކީ ތައުލީމު ހާސިލު ކުރަމުންދާ ކުދިންނެވެ.
އުމުރުން 15 އަހަރުން މަތީގެ އާބާދީގެ ތައުލީމީ ފެންވަރަށް ބަލާއިރު އެންމެ ގިނަ މީހުން ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ފެންވަރަކީ ސާނަވީ ތައުލީމެވެ. ސާނަވީ ތައުލީމާއި ހަމައަށް ކިޔަވާފައިވާ 15 އަހަރުން މަތީގެ މީހުންގެ ނިސްބަތް އުޅެނީ 39 އިންސައްތައިގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
