މާލެ: 31°C
ދިވެހި ބަހުން ހުރި ކްރިސްޓިއަން ދީނުގެ ލިޔުންތަކެއް, ހުޅުމާލޭގައި ބެހި ދެ އަންހެނަކު ހައްޔަރުކޮށްފި

ދިވެހި ބަހުން ހުރި ކްރިސްޓިއަން ދީނުގެ ލިޔުންތަކެއް, ހުޅުމާލޭގައި ބެހި ދެ އަންހެނަކު ހައްޔަރުކޮށްފި

March 27, 2024
3 ފަހަރު ބަލާފައި
ދިވެހި ބަހުން ހުރި ކްރިސްޓިއަން ދީނުގެ ލިޔުންތަކެއް, ހުޅުމާލޭގައި ބެހި ދެ އަންހެނަކު ހައްޔަރުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކްރިސްޓިއަން ދީނުގެ ބައިބަލް އާއި އިތުރު މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބެހި ބިދޭސީ ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ. ހުޅުމާލޭ ފޭސް2ގެ ހިޔާ ޓަވަރުތަކުގައި ހުންނަ މެއިލް ބޮކްސްތަކަށް އިސްލާމް ދީނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ދެ އަންހެނެކެވެ. އެދެ ބިދޭސީ އަންހެނުންގެ ފޮޓޯ މިއަދު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ވަނީ ބައިބްލްގެ ދިވެހި ތަރުޖަމާއާއި އަދިވެސް އިސްލާމްދީނާ ހިލާފު ބައެއް ލިޔުންތަކާއި ވީޑިއޯތަކުގެ ލިންކްތައް ހިމެނޭ ބިޒްނަސް ކާޑުތަކެއް ބަހާފައެވެ. [embed]https://twitter.com/Shifan4040/status/1772893968923247096[/embed]

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ދެ މީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ