މާލެ: 31°C
ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ތުރުކީގެ ގިނަ އެހީތަކެއް ލިބުނު: ރައީސް

ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ތުރުކީގެ ގިނަ އެހީތަކެއް ލިބުނު: ރައީސް

March 16, 2024
2 ފަހަރު ބަލާފައި
ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ތުރުކީގެ ގިނަ އެހީތަކެއް ލިބުނު: ރައީސް
ދިވެހިރާއްޖޭގެ ޢަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުން ގިނަ އެހީ ދެއްވާފައިވާ ކަމަށް ވިދާޅުވެ އެކަމަށްޓަކާ އެގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި، ރޭ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ އެއާ ކޯ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި  ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ބޭނުންކުރަން ފެށި ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ ހަދިޔާކުރި ތަކެތި ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫ.އޭ.ވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދިއުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސްކަމުގައެވެ. ރައީސް ވިދާޅުވީ މިހާރު ތިން ޔޫއޭވީ އޮތް ނަމަވެސް ތުރުކީއާ ރާއްޖެއާ އޮތް ގާތްކަމުގެ ތެރެއިން މުސްތަގުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެކަމަށާ، އަދި މީގެ ތެރެއިން ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ރާއްޖެއަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތި ކަމުގައެވެ. މީގެ އިތުރުން ކޯސްޓުގާޑަށް އެކި ސައިޒުތަކުގެ އުޅަނދުތައް ހޯދައި ކޯސްޓުގާޑުގެ ގާބިލުކަން މިހާރަށްވުރެ ދެގުނަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތާއި އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަންކުރުމަށްޓަކައި ތުރުކީވިލާތުގެ އިތުރުން އެކުވެރި ބައެއް ގައުމުތަކާއެކު މުޢާމަލާތްތައް ކުރެވެމުންދާކަން ވެސް ރައީސްގެ ވާހަކަފުޅުފައި ފާހަގަކުރެއްވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ