މާލެ: 31°C
ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދަން ފަށައިފި

ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދަން ފަށައިފި

January 16, 2024
3 ފަހަރު ބަލާފައި
ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދަން ފަށައިފި
ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި، ވަސީލަތްތައް ދިވެހި ގައުމީ ދިފާއީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް ދިވެހި ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ. ގައުމީ ދިފާއީ ބާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ސިފައިންގެ މައިގަނޑު މަގްސަދަކީ ދިވެހިޖުމްހޫރިއްޔާ އާއި، ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިތުރުން ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުންކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ސަރަހައްދުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ދިވެހިރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި ކަނޑމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި އެމީހުން ސަލާމަތްކުރުމާއި މިބާވަތުގެ މައްސޫލިއްޔަތު މަތިކޮށްފައިވަނީ ސިފައިންނާއެވެ. "މީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖެއިން އަދާކުރަންޖެހޭ ޒިއްމާތަކެއް ހިމަނާފައިވާއިރު، ދިވެހި މަސްކަނޑުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނޭ ހިއުމަން ޓްރެފިކިންއާ މެރިޓައިމް ޓެރެރިޒަމް ފަދަ ކަންކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންގެންދަން ޖެހޭ ފަރާތަކީ ދިވެހި ގައުމީ ދިފާއީ ބާރަށް ވީހިނދު ސަލާމަތީ މަޝްރަހުގައި ކުރިމަތިލާންޖެހިދާނެ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލްކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހި ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއްކަންތައް" ދިވެހި ގައުމީ ދިފާއީ ބާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ގައުމީ ދިފާއީ ބާރުން ބުނީ ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރުން ކުރަމުންގެންދާނޭކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ޒަމާނީ ވަސީލަތްތައް ހޯދަމުންދާކަން ހާމަކޮށްފައިމިވަނީ، އެމްއެންޑީއެފަށް އަސްކަރީ ޑްރޯންތަކެއް ހޯދުމަށް ތުރުކީވިލާތުގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހެދިކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. ބައެއް މީޑިއާތަކުން ރިޕޯޓްމައުލޫމާތު ލިބޭގޮތުގައި މި އެއްބަސްވުމުގެ އަގު އުޅެނީ 570 މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ