އިންޑިއާއިން އެމީހާ ރާއްޖެ އައި އިރު ބަލައި ފާސްކުރީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަމަށް ދައުލަތުން ކުރި ދައުވާގައިވެއެވެ.
އޭނާ ފާސް ކުރި އިރު މީގެ ކުރިން އޭނާ އިންޑިއާއަށް ރަން އެތެރެ ކުރިކަމުގެ ތުހުމަތު ކުރެވުނު މައްސަލައެއްގައި އެ ގައުމުގެ ކަސްޓަމްސްއިން ދީފައިވާ ލިޔުމެއް އޭނާގެ ލަގެޖުން ފެނިފައިވެއެވެ.
އޭނާގެ ހަށިގަނޑު ތެރޭގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން އައިޖީއެމްއެޗަށް ގެންގޮސް ސްކޭންކޮށް ބެލި އިރު ހަށިގަނޑު ތެރޭގައި 'ފޮރިން ބޮޑީސް' ހުރި ކަމަށް ޝައްކު ކުރެވިގެން އެޑްމިޓްކުރިއެވެ.
އޭނާ ބޮޑުކަމު ދިޔައިރު ބޭރުވި ދެ ބްލެޓްގެ ބަރުދަނުގައި 361 ގްރާމް ހުރިކަމަށާއި އޭނާ ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
އޭނާ އެތެރެކުރި ދެ ބްލެޓްގެ ރަން ދައުލަތަށް ނެގުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެނާ ރޫރިމަނާކުރި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވާ އެ މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމް އެވެ.






