
ދިރުވާލައިގެން އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1.3 ކިލޯ!
ދިރުވާލައިގެން އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1.3 ކިލޯ!
ލިޔުން:
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި، ލެޓްވިއާ މިހާގެ ބަނޑުން ނެގި މަސްތުވާތަކެތީގައި 1353 ގްރާމް (1.3 ކިލޯ) ހުރި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި އެމީހާ ދިރުވާލައިގެން ރާއްޖެއަށް ގެނައި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ބަންދުކޮށްފައި ހުރީ 127 ބުލެޓުގަ އެވެ.
[embed]https://minivan.mv/80715/[/embed]
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކުރީ ލެޓްވިއާގެ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން މިއަދު ބުންޏެވެ،
މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކުރީ ކުރީ ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިމިގްރޭޝަން އާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
