މާލެ: 31°C

ދިރުވާލައިގެން ޑްރަގް އެތެރެކުރި ޕާކިސްތާނު ބަޔަކު އަތުލައިގެންފި

ދިރުވާލައިގެން ޑްރަގް އެތެރެކުރި ޕާކިސްތާނު ބަޔަކު އަތުލައިގެންފި
May 31, 2023
2 ފަހަރު ބަލާފައި
ދިރުވާލައިގެން ޑްރަގް އެތެރެކުރި ޕާކިސްތާނު ބަޔަކު އަތުލައިގެންފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.

މި ހަތަރު ފިރިހެނުން ވެސް މިހާރު ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެމީހުނަށް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރަން އުޅުމެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން މި ހަތަރު މީހުންނަށް ޝައްކު ކުރެވިގެން ހުއްޓުވީ އެމީހުންގެ އަމަލުތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތުގަ އެވެ. އަދި މި މީހުން އައިޖީއެމްއެޗަށް ގެންގޮސް ހަށިގަނޑު ސްކޭން ކުރިއިރު މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ބްލެޓްތަކެއް ފެނިފައިވާ ކަމަށްވެސް އަމުރުގައިވެ އެވެ.

މި މީހުން ގެނައި މަސްތުވާތަކެތީގެ ބާވަތެއް އަދި ބަރުދަނެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެތަކެތި އެމީހުންގެ ހަށިގަނޑުން ބޭރުކޮށްފައިވާ ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުންނާއި ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ