މާލެ: 31°C

ދިރުވާލައިގެން ޑްރަގް އެތެރެކުރި ޕާކިސްތާނު މީހުންގެ ހަށިގަނޑުން 2.9 ކިލޯގެ ޑްރަގް

ދިރުވާލައިގެން ޑްރަގް އެތެރެކުރި ޕާކިސްތާނު މީހުންގެ ހަށިގަނޑުން 2.9 ކިލޯގެ ޑްރަގް
June 3, 2023
2 ފަހަރު ބަލާފައި
ދިރުވާލައިގެން ޑްރަގް އެތެރެކުރި ޕާކިސްތާނު މީހުންގެ ހަށިގަނޑުން 2.9 ކިލޯގެ ޑްރަގް

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގެ ހައްޔަރުކުރި ޕާކިސްތާންގެ ހަތަރު މީހުންގެ ހަށިގަނޑުން 2.9 ކިލޯގެ މަސްތުވާތަކެތި ބޭރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުކުރި މީހުން ބޮޑުކަމުދިޔައިރު މަސްތުވާތަކެތި ހުރި 227 ބްލެޓް ވަނީ ނަގާފަ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމީހުން ހައްޔަރު ކުރީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށެވެ. އޭގެތެރެއިން މިސްބާހް ބީބީ (32އ) ބޮޑުކަމުދިޔައިރު ފެނުނު މަސްތުވާތަކެތި ހުރި 10 ބްލެޓްގެ ބަރުދަނުގައި 157 ގްރާމް ހުއްޓެވެ. ޝާހްޒާދް ހުސައިން (36އ) ބޮޑުކަމުދިޔައިރު ފެނުނު 80 ބްލެޓްގެ ބަރުދަނުގައި 1.068 ގްރާމް ހުރިއިރު ނައީމް ތޯރިގް (32އ) ބޮޑުކަމުދިޔަ 75 ބްލެޓްގެ ބަރުދަނުގައި 909 ގްރާމް ހުއްޓެވެ. ދެން ހިމެނޭ ހަވާރް ހުސައިން (36އ) ބޮޑުކަމުދިޔައިރު ވެއްޓުނު 62 ބްލެޓްގެ ބަރުދަނުގައި 756.3 ގްރާމް ހުއްޓެވެ. ޕާކިސްތާން 4 މީހުން ކުށަށް އިއުތިރާފުވެފައިވާއިރު އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތު ޖަހާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ