މާލެ: 31°C
ދިރާސީ އަަހަރަށް އައި ބަދަލާ އެކު ގްރޭޑް 8ގެ ދަރިވަރުންނަށް ވާނީ ފައިދާ: މިނިސްޓަރު

ދިރާސީ އަަހަރަށް އައި ބަދަލާ އެކު ގްރޭޑް 8ގެ ދަރިވަރުންނަށް ވާނީ ފައިދާ: މިނިސްޓަރު

January 12, 2024
3 ފަހަރު ބަލާފައި
ދިރާސީ އަަހަރަށް އައި ބަދަލާ އެކު ގްރޭޑް 8ގެ ދަރިވަރުންނަށް ވާނީ ފައިދާ: މިނިސްޓަރު
ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލުން ގްރޭޑް 8 ގައި މިހާރު ކިޔަވާ ކުދިންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ތައުލީމީ ކަލަންޑަރަށް  ގެންނަ ބަދަލުގެ ސަބަބުން ގްރޭޑް 8ގެ ކުދިން އަންނަ އަހަރު އޯލެވެލް ހަދަންޖެހޭތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުން މިހާރު ކިޔަވަމުންދާ ދެވަނަ ޓާމު ނިމެންދެން ތިބޭނީ ގްރޭޑް 8 ގައި ކަމަށެވެ. މި ދަރިވަރުން ގްރޭޑް 9ގައި ތިބޭނީ މިއަހަރުގެ މޭއި މަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކަމަށާއި މި ދަރިވަރުންގެ ގްރޭޑް 10 ގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ މާޗުގައި ކަމަށްވާއިރު އޯލެވެލް އޮންނާނީ އަންނަ އަހަރުގެ ނޮވެމްބަރުގައި ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން:
  • 8 ގަ މިހާރު ތިބި ދަރިވަރުން 9 އަށް ދާނީ މޭ 2024 ގަ
  • 9 ގަ ތިބޭނީ މެއި 2024 އިން ފެބްރުއަރީ 2025 އަށް
  • 10 ގަ ތިބޭނީ މާޗް 2025 އިން ނޮވެމްބަރު 2025 އަށް
"ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލުން އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި މިހާރު 8 ގައި ކިޔަވަމުންދާ ދަރިވަރުން ހިމެނޭނެ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މި ބަދަލާއެކު، ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސް ދުވަސް އަނބުރާ ލިބޭނެ ކަމަށާއި އަދި ސިލަބަސް ކަވަރުކުރެވި ރިވައިސް ކުރުމަށް ވެސް ވަގުތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ