
ދިރާސީ އާ އަހަރުގެ ފޮތްތައް ދޫކުރަން ފަށައިފި
ދިރާސީ އާ އަހަރުގެ ފޮތްތައް ދޫކުރަން ފަށައިފި
ލިޔުން:
ދިރާސީ އާ އަހަރުގެ ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސްކޫލުތަކަށް ފޮތްތައް ދޫކުރަން ފަށާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ފޮތްތައް ދޫކުރަމުން އަންނަނީ ޗާންދަނީމަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލު އިމާރާތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނީ އެއްވެސް ފޮތެއް ލިބުމުގައި ދަތިކަމެއް މި އަހަރު ނެތް ކަމަށާއި ހުރިހާ ފޮތްތަކެއް ވެސް ހަމައަށް ލިބިފައިވާ ކަމަށެވެ.
ފޮތްތައް، އެޑިއުކޭޝަނުން ދޫކުރަން ފަށާފައިވާ އިރު، ފޮތް ލިސްޓްގެ ވައުޗަރު ދޫކުރާނީ ސްކޫލުތަކުންނެވެ.
ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ގާތްގަނޑަށް ދޮޅު މަަސް ދުވަހަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
