މާލެ: 31°C

ދިރާސާކުރާނެ ކޮމިޓީއެއް މަޖިލީހުގައި ނެތް ބިލެއް!

ދިރާސާކުރާނެ ކޮމިޓީއެއް މަޖިލީހުގައި ނެތް ބިލެއް!
March 14, 2023
2 ފަހަރު ބަލާފައި
ދިރާސާކުރާނެ ކޮމިޓީއެއް މަޖިލީހުގައި ނެތް ބިލެއް!
ސައިބަ ކްރައިމް ހުއްޓުވުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުރި ދާއިމީ ކޮމިޓީތަކާ ނުގުޅޭ ބިލެއް ކަމަށް އެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު މިއަދު ސިފަކުރައްވައިފި އެެވެ. ސައިބާ ކްރައިމް ހުއްޓުވުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ބިލުގެ ބަހުސް ފެށީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. އެ ބިލުގެ ބަހުސްގައި ބައެއް މެމްބަރުން ވާހަކަ ދެއްކެވި ފަހުން ނަޝީދު ވިދާޅުވީ އެ ބިލް ދިރާސާކުރުމަށް ޓަކައި މަޖިލީހުން ވަގުތީ ކޮމިޓީއެއް ނަގަން ޖެހޭ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި އިޖުތިމާއީ ކޮމިޓީގެ މަސައްކަތް ވެސް އެ ބިލާ ނުގުޅޭތީ އެވެ. [embed]https://minivan.mv/81771/[/embed] "މި ބިލު، މަޖިލީހުން ކަނޑައަޅާ [ވަގުތީ] ކޮމިޓީއަކަށް ދިއުން ބުއްދިވެރިކަމުގައި އަޅުގަނޑަށް ފެނޭ. މި ދެންނެވީ އަޅުގަނޑުމެންގެ 241 ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، މިހާރު މިހުރި ކޮމިޓީތައް މި ބިލުގެ މަސައްކަތާ ސީދާކޮށް ގުޅައިލުން އުނދަގޫ ވެދާނެ. އެެހެންވީމާ މަޖިލީހުން ކަނޑައަޅާ ބޭފުޅުން ކޮޅެއްގެ މައްޗަށް ބިނާވާ ކޮމިޓީއަކުން މި ބިލު ދިރާސާކުރުން ބުއްދުވެރިވެދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ،" ނަޝީދު ވިދާޅުވި އެވެ. ސައިބާ ކްރައިމް ހުއްޓުވަން ސަރުކާރުން ހުށަހެޅި ބިލުގައި އޮތީ މީހުންގެ ކޮމްޕިއުޓަރުތަކާއި އެހެނިހެން ޑިވައިސްތައް ހުއްދަނެތި ބޭނުންކުރުމާއި އެތަކެއްޗަށް އިންޓަފިއާ ކުރުން ފަދަ އެންމެހާ ކަންތައްތައް ހިމެނޭ ގޮތުން "ސައިބަ ކްރައިމްްސް"ގެ ގޮތުގައި ގިނަ ގައުމުތަކުގައި ބަލާ ކަންތައްތައް ޖިނާއީ ކުށްތަކަށް ހަދަން ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކެކެވެ.

ބިލުގައި ކުށުގެ ގޮތުގައި ގަނޑައެޅުމަށް ހުށަހަޅާފައިވާ ކަންތައްތައް

  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސް ވުން
  • އިތުރުކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއަދަނެތި ކޮމްޕިއުޓަރަކަށް އެކްސެސްވުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓް ކުރުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަފިއާކުރުން
  • ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
  • ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
  • ކޮމްޕިއުޓަރާ އެއާ، އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ މި ލިސްޓްގައި ހިމަނާފައިވާ ކަންތައްތައް ބިލުގައި މާނަކޮށްދީފައި ވެ އެވެ. ބިލުގައިވާ ގޮތުން ކޮމްޕިއުޓަރަށް އެކްސެސް ވުމަކީ ބިލުގައި މާނަކޮށްފައިވާ ގޮތުގައި ކޮމްޕިއުޓަރަކަށް، ޕްރޮގްރާމަކަށް، ޑާޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ވުމަށް ޓަކައި ކޮމްޕިއުޓަރު ސިސްޓަމަކުން އެއްވެސް ކަހަލަ ފަންކްޝަނެއް ހިންގުމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ