މާލެ: 31°C

ދިގުރަށް އަދި މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި

ދިގުރަށް އަދި މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި
May 4, 2023
2 ފަހަރު ބަލާފައި
ދިގުރަށް އަދި މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި
އދ. ދިގުރަަ އަދި ނ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލު ކޮއްފިއެވެ. މި ދެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ،  އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ދިގުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 12.8 މިލިއަން ރުފިޔާއަށެވެ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 34.9 މިލިއަން ރުފިޔާއަށް 270 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ކުރިމަތި ވެފައިވާ މައަސަލައެކެވެ. އެމައްސަލައަށް ހައްލެއް ހޯދަން އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭ ރަށްތައް އަދިވެސް ވަރަށް ގިނައެވެ. އެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ބޮޑު ހަރަދެއްކުރެއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމަށް ޓަކައި ރާއްޖޭގައި އާއްމުކޮށް ކުރާ ކަމަކީ ބޮޑުހިލައިގެ ތޮއްޓެއް ލުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ