ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ކުރިޔަށްގެންދެވޭނެ ކަމަށް ނިންމައިފި

ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ކުރިޔަށްގެންދެވޭނެ ކަމަށް ނިންމައިފި
ލިޔުން:
އދ. ދިގުރަށުގައި ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މި މައްސަލައިގައި ދައުވާ އުފުލާފާފައިވަނީ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އުފުލިފައިވަނީ ތިން ދައުވާއެކެވެ. އެއީ، އެނގިހުރެ މީހަކު މެރުމާއި، ކުޑަކުއްޖެއްގެ ސިއްހަތަށް ގެއްލުން ލިބޭފަދަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް މިމައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅާފަ އެވެ.
އޭނާގެ ފަރާތުން ދިފާއީ ވަކީލު އިތުރު މުއްދަތަކަށް އެދުމުން، ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ކޯޓުގެ ވަގުތު ބޭކާރުކޮށްގެން ނުވާނެ ކަމަށާއި، އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ހުށަހެޅުންތައް ހުށަހަޅަންވާނެ ކަމަށް ބުނެފައެވެ.
ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނޮވެމްބަރު މަހު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށާއި، ދެފަރާތަށް އެއްބަސްވެވޭ ކަންކަން ފާހަގަކުރުމަށެވެ. އަދި މީގެ އިތުރުން އިއުތިރާފުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އޮތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މި އަނެހެން މީހާ، މިދިޔަ އަހަރު ޑިސެމްބަރު އެއްވަނަ ދުވަހުގެ 22:00 އާއި އެ މަހުގެ ތިންވަނަ ދުވަހުގެ 5:00 އާ ދެމެދުގެ ވަގުތެއްގައި، ފާހާނާ ތައްޓެއް ތެރެއަށް ކުއްޖާ ވިހައި، ފާހާނާ ތަށި ތެރެއިން ނެގުމަށް ފަހު, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، އެ ދުވަހުގެ 05:31 ހައިއިރު، އެ ކޮތަޅު އެ ރަށު ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށްކަށް ވަނީ އެއްލާލާފައެވެ.
ކުއްޖާގެ ފެނުނީ، އެރަަށު ކުނިނެގުމުގެ މަސައްކަތްކުރާ މީހަކަށެވެ. ފެނުނު އިރު ކުއްޖާ މަރުވެފައިވާކަމަށް، ހޮސްޕިޓަލާއި ހަވަލާދީ ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
