ދިގު ޗުއްޓީއަށް ފަހު ގިނަ މެމްބަރުން އަދިވެސް މަޖިލީހަށް ވަޑައިނުގަންނަވާ!

ދިގު ޗުއްޓީއަށް ފަހު ގިނަ މެމްބަރުން އަދިވެސް މަޖިލީހަށް ވަޑައިނުގަންނަވާ!
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަހަރަކު ދެފަހަރަށް ނަންގަވާ ދެ މަސް ދުވަހުގެ ދިގު ޗުއްޓީގެ ތެރެއިން މިދިޔަ އަަހަރުގެ ފަހު ދައުރަށް ފަހު ނެންގެވި ޗުއްޓީ ނިމުނީ މިމަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް މިއަހަރަށް ހުޅުވަން މިމަހުގެ ހަވަނަ ބޭއްވި އެ ޖަލްސާއަށް ކޯޓްކޮޅު ތުރުކުރައްވައިގެން ގިނަ މެމްބަރުން ވަޑައިގެންނެވި އެވެ. އެ ދުވަހު ވަޑައިނުގެން ތިއްބެވީ އެމްޑީޕީގެ ދެ ފެކްޝަނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީަސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބައެއް މެމްބަރުންނެވެ.
އޭގެ ފަހުން މަޖިލީހުގެ ތިން ޖަލްސާއެއް ބޭއްވި އިރު އެއިން ކޮންމެ ޖަލްސާއެއެއް ފެށި އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ 40 އަށް ވުރެ މަދު މެމްބަރުންނެވެ. ޖުމްލަ 87 މެމްބަރަކު ތިއްބަވާ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށް ވަޑައިގެންނެވީ 68 މެމްބަރުންނެވެ. ޖެހިގެން އައި ދުވަހު (ފެބްރުއަރީ ހަތް ވަނަ ދުވަހު) ބޭއްވި ޖަލްސާއަށް ވަޑައިގެންނެވީ 37 މެމްބަރުންނެވެ. ޖަލްސާ ފަށްޓަވަމުން ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު އިއުލާނުކުރެއްވި ގޮތުގައި އެ ދުވަހު ސަލާމުގައި ތިއްބެވީ އެންމެ ތިން މެމްބަރުންނެވެ، އެހެންވީމާ ވަކި ގޮތެއް ނާންގަވައި އެ ދުވަހު ވަޑައި ނުގެން ތިއްބެވި މެމްބަރުންގެ އަދަދަކީ 47 އެވެ.
ޖެހިގެން އައި ދުވަހު (ފެބްރުއަރީ އަށް ވަނަ ދުވަހު) ބޭއްވި ޖަލްސާ ފެށި އިރު މަޖިލީހަށް ވަޑައިގެން ތިއްބެވީ އެންމެ 33 މެމްބަރުންނެވެ. އެ ދުވަހު ސަލާމުގައި ތިއްބެވީ ހަތް މެމްބަރެކެވެ. ރަސްމީ ދަތުރެއްގައި ވަޑައިގެންވީ އެންމެ މެމްބަރެކެވެ. އަނެއް 46 މެމްބަރުން ވަޑައި ނުގެންނެވި ސަބަބެއް މަޖިލީހުގެ އިދާރާއަކަށް ނާންގަވަ އެވެ.
އާއްމު އުސޫލުން ބުރާސްފަތިން ފެށިގެން ހޯމައާ ހިސާބަށް ، ދެ ހަފުތާ ބެދޭ ހިސާބުން ނަންގަވާ ހަތަރު ދުވަހަށް ފަހު އިއްޔެ ބޭއްވި ޖަލްސާ ފެށި އިރު ވަޑައިގެން ތިއްބެވީ 32 މެމްބަރުންނެވެ. ސަލާމުގައި ހަތަރު މެމްބަރުން އަދި ރަސްމީ ދަތުރުގައި އެންމެ މެމްބަރެކެވެ. އަނެއް 50 މެމްބަރުން ވަޑައިނުގެންނެވި ސަބަބެއް ނޭނގެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިރު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 33 މެމްބަރުންނެވެ. ސަލާމުގައި ހަ މެމްބަރަކު ތިއްބެވި އިރު ރަސްމީ ދަތުރުތަކުގައި ދެވަޑައިގެން އުޅުއްވަނީ ދެ މެމްބަރެކެވެ. އަނެއް 41 މެމްބަރުން ވަޑައިގެން ނުގެންނެވީ ކީއްވެ ކަމެއް ނޭނގެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
