މާލެ: 31°C
ދިއްދޫ ފެނަކަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އިހުތިޖާޖް ކުރަނީ

ދިއްދޫ ފެނަކަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އިހުތިޖާޖް ކުރަނީ

January 16, 2024
3 ފަހަރު ބަލާފައި
ދިއްދޫ ފެނަކަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އިހުތިޖާޖް ކުރަނީ

ހއ. ދިއްދޫ ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އާ ނުކޮށް، ކަނޑާލިކަމަށް ބުނެ އެ މީހުން އިހުތިޖާޖުކުރަން ފަށައިފި އެވެ.

މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަކީ ވެސް ދިއްދޫގެ އާ އިންޖީނުގެ އެޅުމުގެ މަސައްކަތަށް ނަގާފައި ތިބި އެ ރަށު މީހުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުގައި، މުވައްޒަފުންދިޔައީ، ސުލްހަވެރި މުޒާހަރާއެއްކުރަމުންނެވެ. އެކި ލިޔުންތައް ލިޔެފައިވާ ބެނާތަށް އެމީހުން ގެންގުޅުނެވެ. އޭގެ ތެރޭގައި: " ދިހަ ކިލޯ ކާޑު ދިނަސް މިކަމެއް ނުވާނެ" " ވޯޓު ހޯދަން ނާންނާތި، ތިތިބީ ކޮންޓްރެކްޓް ހަމަވެފަ" " ސިޔާސީ މީހުން ނޫން ބަޔަކު ނުކަނޑާނަމޯ" މިފަދަ ލިޔުންތައް ހިމެނެއެވެ. ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދަުތަކަށް ނިސްބަތްކޮށް މުޒާހަރާގެ ބައިވެރިން، އެކި ޝިއާރު އުފުލި އިރު، އެމީހުންގެ ޑިމާންޑަކީ، އަނބުރާ ވަޒީފާ ދިނުމެވެ. ދިއްދޫއިން މިނިވަން އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އަންގާލުމެއް ނެތި ކުއްލިއަކަށް، ކޮންޓްރެކްޓް އާ ނުކޮށް ވަޒީފާގެއްލުމެވެ. އޭނާ ބުނީ އެމީހުން އިހުތިޖާޖުކުރަން ފެށީ އެ މުވައްޒަފުންނާއި އާއިލާގެ ހައްގުތައް އަނބުރާ ހޯދުމަށް ކަމަށެވެ. ކުރާނެ މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރައްވާނެ ކަމަށް މިދިޔަ ޑިސެމްބަރު 5 ގައި އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު  ވަނީ މީޑިއާ އަކަށް ވިދާޅުވެފައެވެ. އެހެން ރަށްރަށުގައި ވެސް ކޮންޓްރެކްޓް މުވައްޒަފުން ކަނޑާލާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއިރު މުއާޒު ވިދާޅުވީ، ކޮންޓްރެކްޓް އާ ނުކުރަން ނިންމީ ސައިޓްތަކުގައި މަަސައްކަތް ނިމި، ކުރާނެ އިތުރު މަސައްކަތެއް ނެތިފައި ތިބި މުވައްޒަފުން ކަމށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ