މާލެ: 31°C
ދެވަނަ ކުއާޓާގައި މަސްތުވާތަކެތީގެ 485 މައްސަލަ ފުލުހުން ބެލި

ދެވަނަ ކުއާޓާގައި މަސްތުވާތަކެތީގެ 485 މައްސަލަ ފުލުހުން ބެލި

August 1, 2023
2 ފަހަރު ބަލާފައި
ދެވަނަ ކުއާޓާގައި މަސްތުވާތަކެތީގެ 485 މައްސަލަ ފުލުހުން ބެލި
މިއަހަރުގެ ދެވަނަ ކުއާޓާގައ މަސްތުވާތަކެތީގެ 485 މައްސަލަ ފުލުހުން ބަލާފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއަދު އާންމު ކުރި ދެވަނަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު ފުލުހުން ބެލި 485 މައްސަލައިގެ ތެރެއިން 335 މައްސަލަ ނިންމާފައިވާއިރު 143 މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ވަނީ ހުށަހަޅާފަ އެވެ. މިއަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހުގެ ތެރޭގައި ފުލުހުން ވަނީ ޖުމުލަ 29.38 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ހެރޮއިން އެވެ. އެގޮތުން ފުލުހުން ވަނީ 17.1 ކިލޯގެ ހެރޮއިން އާއި 5.3 ކިލޯގެ ކެނަބިސްގެ އިތުރުން 1.2 ކިލޯގެ ކޮކެއިން އަތުލައިގެންފަ އެވެ. މީގެ އިތުރުން 5.8 ކިލޯގެ އެހެނިހެން މަސްތުވާތަކެތިވެސް ފުލުހުން ވަނީ ހޯދާފަ އެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ތިން މަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 418 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 371 ދިވެހިންނާއި 47 ބޭރު މީހުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފުލުހުންވަނީ 38 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އަދި މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި 318 މީހުން ހައްޔަރު ކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ