މާލެ: 31°C

ދެން "ޔޫރަޕަށް" ވާނީ މެދު އިރުމަތި، ފަސް އަހަރުގެ ތެރޭ ސައުދީ މުޅިން ބަދަލުވާނެ: ޕްރިންސް މުހައްމަދު

January 6, 2023
2 ފަހަރު ބަލާފައި
ދެން "ޔޫރަޕަށް" ވާނީ މެދު އިރުމަތި، ފަސް އަހަރުގެ ތެރޭ ސައުދީ މުޅިން ބަދަލުވާނެ: ޕްރިންސް މުހައްމަދު
ދެން "ޔޫރަޕަށް" ވާނީ މެދު އިރުމަތި، ފަސް އަހަރުގެ ތެރޭ ސައުދީ މުޅިން ބަދަލުވާނެ: ޕްރިންސް މުހައްމަދު
ދެން ޔޫރަޕަށް ވާނީ (ތަރަައްގީއާއި ތަމައްދުންގެ ގޮތުން އެންމެ ކުރިއަރާފައިވާ ސަރަހައްދަކަށް ވާނީ) މެދު އިރުމަތި ކަމަށާއި އަމިއްލަ ފުޅު "ހަނގުރާމައެއް"ގެ ގޮތުގައި އެ މަސައްކަތް ކުރައްވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ. އަމީރު މުހައްމަދަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދަރިކަލެކެވެ. އަދި އޭނާއަކީ އެގައުމުގެ ޑިފެންސް މިނިސްޓަރެވެ. ސައުދީ އަރަބިއްޔާގައި އޭނާ އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "ފިއުޗާ އިންވެސްޓްމެންޓް އިނިޝޭޓިވް" އިން މިދިޔަ ބުދަދުވަހު އެގައުމުގެ ވެރިރަށް ރިޔާޒުގައި ބޭއްވި "ފިއުޗާ އިންވެސްޓްމެންޓް ފޯރަމް"ގައި މުހައްމަދު ވިދާޅުވީ އޭނާ ދުނިޔޭގައި ހުންނަވަނިކޮށް، އިގުތިސާދީ ގޮތުން މެދުއިރުމަތި މުޅިން ބަދަލުވެެގެންދާތަން ދެކެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ. މެދުއިރުމައްޗަށް ތަަރައްގީ ގެންނެވުމަކީ އަމިއްލަފުޅު "ހަނގުރާމައެއް" ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ އެ ހަނގުރާމައިގައި، އެ ސަރަހައްދުގެ ރަން ޒަމާން އަނބުރާ އިއާދަވާނެ ކަމަށެވެ. [embed]https://twitter.com/ShamaJunejo/status/1610651005049360386?s=20&t=sAA9_LEkiOL_dHAQJ0TsJg[/embed] "ފަސް އަހަރު ފަހުން، ސައުދީ އަރަބިއްޔާ އޮންނާނީ [މިހާރު އޮތް ގޮތާ] މުޅިން ތަފާތުކޮށް، މުހައްމަދު ވިދާޅުވި ކަަމަށް އައް ލަރަބިއްޔާ ނޫސްއެޖެންސީގެ ޚަބަރުގައި ބުންޏެވެ. "ވިޝަން 2030" ގެ ނަމުގައި މުހުއްމަދު ގެންދަވީ ސައުދީ އަރަބިއްޔާގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ މަޝްރޫއުތަކާ އެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެގައުމުން ކާމިޔާބީ ހޯދައިފި ނަމަ އެ ސަރަހައްދުގެ އެހެން ގައުމުތައް އެކަމުގައި އެގައުމާ ގުޅޭނެ އެވެ. "އަޅުގަނޑުމެންނާ އެމީހުންނާ ދެމެދު ހިޔާލުތަފާތުވުންތައް ހުއްޓަސް، ގަތަރުގައި ވެސް އޮތީ ވަރުގަދަ އިގުތިސާދެއް. ފަސް އަހަރުފަހުން އޮންނާނީ މުޅިން ތަފާތުކޮށް،" އޭނާ  ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސައުދީ އަބިއްޔާއިން ވަނީ އެގައުމުގެ އިގުތިސާދު ކުރިއަރުވަން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އައި ކުރިއެރުުން ހިސާބުތަކުން ފެންނަ ންއެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ ނަން އޮއިލް ރެވެނިއު [ތެލުގެ ވިޔަފާރި ނޫން ގޮތް ގޮތުން ލިބޭ އާމްދަނީ] މިހާރު ވަނީ ތިންގުނަވެފައި،" މުހައްމަދު ވިދާޅުވި އެވެ. މުހައްމަދު ވިދާޅުވި ގޮތުގައި ސައުދީ އަރަބިއްޔާގެ އުއްމީދީ "ވިޝަން 2030" އާ އެކު އެގައުމު ދާނީ ކުރިއަށެވެ. އެގައުމުގެ އިގުތިސާދު މިއަހަރު ވަނީ 2.5 ޕަސެެންޓުން ކުރިއަރައިފަ އެވެ. އަދި އެ ކުރިއެރުމުގެ ސަބަބުން އަންނަ އަހަރު އިތުރު ކުރިއެރުން ލިބޭނެ އެވެ. ސައުދީ އަރަބިއްޔާގެ ފިއުޗާ އިންވެސްޓްމެންޓް އިނިޝޭޓިވްގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އިސް ދައުރެއް އަދާކުރައްވަ އެވެ. ބުދަދުވަހު ރިޔާޒްގައި ބޭއްވި ފިއުޗާ އިންވެސްޓްމެންޓް ފޯރަމްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ