މާލެ: 31°C
ދެކުނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ދެކުނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

April 13, 2024
2 ފަހަރު ބަލާފައި
ދެކުނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ދެކުނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ. ރައީސް ޑރ.މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ލ. އަތޮޅަށް ފުރާވަޑައިގަތީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ލ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ ލ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރާތް ކުރައްވައި، އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެއަށްފަހު ރައީސް މުއިއްޒު އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ. އައްޑޫއިން ވަނީ ރައީސްއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އައްޑުއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އައްޑު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ