މާލެ: 31°C
ދިނާއި ގައުމަށް ވަފާތެރިވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ: މައުމޫން

ދިނާއި ގައުމަށް ވަފާތެރިވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ: މައުމޫން

April 20, 2024
3 ފަހަރު ބަލާފައި
ދިނާއި ގައުމަށް ވަފާތެރިވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ: މައުމޫން
ދީނާއި ގައުމަށް ވަފާތެރިވާނެ ކަމަށް ގަބޫލުކުރެވޭ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެކަމާ ގުޅިގެން ރައީސް މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލައްވާއިރު ރަނގަޅަށް ވިސްނަވާފައި ދީނާއި ޤައުމަށް ވަފާތެރިވާނެކަމަށް ޤަބޫލުކުރެއްވޭ ކެންޑިޑޭޓުންނަށް ވޯޓުލެއްވުމަށް އިހްލާސްތެރިކަމާއެކު އިލްތިމާސް ކުރައްވާ ކަމަށެވެ. މާދަމާ ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށެވެ. ނަމަވެސް އިންތިހާބަށް ކެމްޕޭން ކުރުމުގެ ފަހު ވަގުތަކީ މިއަދު އިރުއޮށްސި 06:00 އެވެ. https://twitter.com/maumoonagayoom/status/1781599214717243643 20 ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. ނަމަވެސް ކެމްޕޭން އެންމެ ފޯރީގައި ޖައްސަމުންދަނީ އެންމެ ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައިކަން ފާހަގަކުރެވެއެވެ. މި އިންތިހާބުގައި 284،663 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު، ޖުމްލަ 602 ވޯޓުފޮށި ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ. އަދި އަތޮޅު ތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖޭން ބޭރުގެ 3 ގައުމެއްގައި ވޯޓު ފޮށި، ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ