މާލެ: 31°C

ދެ ތިން ނުކުތާ އަކުން އަބްދުﷲ ޝާހިދު!

ދެ ތިން ނުކުތާ އަކުން އަބްދުﷲ ޝާހިދު!
June 10, 2023
2 ފަހަރު ބަލާފައި
ދެ ތިން ނުކުތާ އަކުން އަބްދުﷲ ޝާހިދު!
އިތުބާރާއި ޔަގީންކަން ކަށަވަރު ކުރައްވާފައިވާ ވަޒީރެކެވެ. މުރާލިކަމާއި، މަސައްކަތުގެ ހަލުވިކަމާއި ތަޖުރިބާއިން ފުރިފައިވާ ނަމެކެވެ. ދިވެހި ހަރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ދިވެހިންނާއި ދިވެހި ގައުމު ފަހުރު ވެރިވާނެ އެތަށް ކާމިޔާބީ ތަކެއް ހާސިލް ކުރައްވާފައެވެ. އެމަނިކުފާނަށް އޮތް ޝުކުރު ބޮޑެވެ. ގެނެސްފައިވަނީ ކޮވިޑުގެ ހާލަތުގައި ދިވެހިންނަށް ކަށަވަރު އެހީ ތަކެކެވެ. ބައިނަލްއަގުވާމީ ބަދަހި ގުޅުން ތަކުގެ ތެރެއިންނެވެ. މީގެ ހަތަރު އަހަރު ކުރިން ދުނިޔެއާއި އެކަހެރިވެ، ބާކިވެފައި އޮތް ދިވެހިރާއްޖެ، ކުދި ބޮޑު ގައުމުތަކާއި ގުޅުވާލައި ދިވެހިންނަށް ހައްގު މަގާމް ބައިނަލްއަގުވާމީ ދުނިޔޭގައި ހޯއްދަވައި ދެއްވައިފިއެވެ. ވަރުބަލިފުޅުވުމެއްނެތި އެޅުއްވި ހަލުވި ފިޔަވަޅުތަކާއި ހިކުމަތްތަކުގެ ސަބަބުންނެވެ. ސިޔާސީ ވާދަވެރިން ހަޖޫ ކިޔައި، ނުހައްގު ބަދުނާމު އިސްތަށިފުޅުގައި އަޅުއްވައި ނަފްސު ކަތިލުމަށް ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތަކުން ރައްޔިތުންގެ އިތުބާރު ގެއްލުވާ ނުލެވުނީ ސާބިތުކަމާއި ދެފުއްފެންނަ ގޮތަށް މުއާމަލާތްތައް ހިންގައި އަބަދުވެސް ދިވެހިންނަށް މޮޅެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާތީ އެވެ. ވިސްނާލަމާ ހެއްޔެވެ؟ އޮނަރަބަލް އަބްދުﷲ ޝާހިދު އަބަދުމެ ގައުމީ ހިދުމަތުގެ އިސްސަފުގައި ބާކީ ނުވެ، ފަނޑުނުވެ އެ ހުންނަވަނީ ކީއްވެހެޔެވެ؟ ޖަވާބު ވަރަށް ފަސޭހަ އެވެ. ހިކުމަތްތެރިކަމެވެ. ތޫނު ފިލިކަމެވެ. ދުރަށް މާދުރަށް އަމާޒު ހިއްޕަވާތީއެވެ. ލީޑާރޝިޕެވެ. އަހުލާގީ ގޮތުން ސާދާވެފައި ތާހިރުވުމެވެ. އ.ދ ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހޭދަކުރެއްވި މުއްދަތުގައި ދިވެހިންނާއި ދިވެހި ރާއްޖެއަށް ރީތިނަމާއި ޝަރަފު ހޯއްދަވައިދެއްވިއެވެ. ކުދި އަދި ބޮޑެތި ގައުމުތަކަށް ނަމޫނާ ލީޑަރެއްގެ ގޮތުން ވިދާލިއެވެ. ދިވެހިންނާއި ރައީސުލްޖުމުހޫރިއްޔާ އެމަނިކުފާނަށް ކުރެއްވި އިތުބާރުން ހިތްވަރު ހޯއްދަވައި ނަތީޖާ ނެރުއްވިއެވެ. ސިޔާސީ ވާދަވެރިންނަށް އެ ހުޅުކޮޅު ނިއްވާ ނުލެވިގެން އުޅެނީ މިދެއްނެވި ސަބަބުތަކަށްޓަކައެވެ. ދިވެހި ގިނަ ނޫސްވެރިންގެ ނަޒަރުގައި، ރާއްޖެދުށް އެންމެ ހީވާގި އެންމެ ހިކުމަތްތެރި އެއްވަޒީރަކީ އަބްދުﷲ ޝާހިދެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ އެންމެ ވަރުގަދަ ތަނބަށް ވެގެންދާ ސަބަބުތަށް ފަސޭހަ ކަމާއެކު ލިސްޓުކޮށްލެވެއެވެ.
  • ތަޖުރިބާއިން ފުރިވައިވުން
  • ޒަމާނީ ލީޑަރަކަށް ވުން
  • ސޯޝަލް މީޑިއާގައި އުހުގައި އަބަދުމެ ފިޔަޖެހުން
  • ދާހިލީ އަދި ހާރިޖީ ކަންކަމުގައި ވެސް މަތީ ދަރަޖައިގެ ނަތީޖާ ހޯއްދެވުން
  • ސިޔާސީ ވާދަވެރިންނަށް ވުރެން އަބަދުވެސް އެއްފިޔަވަޅު ކުރީގައި ހުންނެވުން
  • އިލްމީ ބޭފުޅަކައްވުން

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ